ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއަށް ތިރީގައި ބަޔާންކުރެވިފައިވާ ސޮފްޓްވެއަރތައް (ލައިސަންސާއެކު) ގަތުމަށް ބޭނުންވެއެވެ. ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އަދަދު |
ސޮފްޓްވެއަރ |
ލައިސަންސްގެ ބާވަތް |
5 |
ކޮރެލް ޑްރޯ ގްރެފިކްސް ސުއިޓް (X8) |
ސްޓޭންޑް އެލޯން ލައިސަންސް |
3 |
މައިކްރޯސޮފްޓް ޕްރޮޖެކްޓް ޕްރޮފެޝަނަލް 2016 |
ސްޓޭންޑް އެލޯން ލައިސަންސް |
2 |
އޮޓޯ ކެޑް 2016 |
ސްޓޭންޑް އެލޯން ލައިސަންސް |
ހުށަހަޅަންވީ ތަކެތި
- މި މިނިސްޓްރީއަށް ސޮފްޓްވެއަރ ވިއްކޭނެ އަގު (ކޮންމެ ސޮފްޓްވެއަރއެއްގެ އަގު ވަކިން އެނގޭގޮތަށް) (ޖީ.އެސް.ޓީ ހިމަނައިގެން)
- ސޮފްޓްވެއަރ ސަޕްލައިކޮށްދިނުމަށް ނަގާނެ މުއްދަތު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު
އަގަށް: 70 ޕޮއިންޓު
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 70
މުއްދަތު:15 ޕޮއިންޓު
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތަށް 15
ތަޖުރިބާ: 15 ޕޮއިންޓް
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
އިންފޮމޭޝަން ކޮނިޔުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ސޮފްޓްވެއަރ ގަތުމާބެހޭ
އިޢުލާނު ނަންބަރު: IUL)438-ICTU/438/2016/152)
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 30 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް ބީލަން ފުރިހަމަކުރުމަށްފަހު ސިޓީއުރައެއްގައި ބީލަންތައް ބަންދުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، 20392
ދިވެހިރާއްޖެ.