ދިވެހިރާއްޖެ
މި މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.
| 
 މަޤާމު  | 
 އެސިސްޓެންޓް ޑިރެކްޓަރ  | 
||
| 
 ބޭނުންވާ އަދަދު  | 
 01  | 
 މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
 ރޭންކް:MS 3  | 
| 
 މުސާރަ  | 
 މަހަކު -/7035 ރުފިޔާ  | 
||
| 
 ސަރވިސް އެލަވަންސް  | 
 މަހަކު -/2000 ރުފިޔާ  | 
||
| 
 މަސައްކަތް ކުރަންޖެހޭ ތަން  | 
 މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / އެލްޑަރލީ ރައިޓްސް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން ޑިވިޜަން  | 
||
| 
 ތަޢުލީމާއި ތަޖުރިބާ  | 
 1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 4. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ 5. މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.  | 
||
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް  | 
 1. ސެކްޝަނުން ހިންގާ ޕްރޮގްރާމްތަކުގެ ވާރކްޕްލޭންތައް ޕްލޭނިން ސެކްޝަނާ ގުޅިގެން އެކުލަވާލުމާއި، ވާރކްޕްލޭންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޑިވިޜަން ހެޑްގެ މަޝްވަރާއާއެކު ކުރުމާއި ބެލެހެއްޓުން. 2. ސްކޫލް/މަދަރުސާތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ދޮށީ ޢުމުރުގެ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން އުފެއްދުމަށް ބޭނުންވާ ޕްރޮގްރާމްތައް ރާވައި ތަންފީޒު ކުރުން. 3. ދޮށީ ޢުމުރުގެ މީހުން ބެލެހެއްޓުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް، މަދަނީ ޖަމްޢިއްޔާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި، އިޖުތިމާޢީ ގްރޫޕްތަކާ ވިލަރެސް ކުރުމާއި އެފަރާތްތައް ބައިވެރިކޮށްގެން ޕްރޮގްރާމްތައް ރޭވުން. 4. ދޮށީ ޢުމުރުގެ މީހުންނަށް، ޢާއިލާތަކުން ނުވަތަ މުޖްތަމަޢުން ކޮށްދެވިދާނެ ކަންތަކާބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން. 5. ދޮށީ ޢުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭ، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަޢުލޫމާތު އެއްކުރުމާއި، އެފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން. 6. ދޮށީ ޢުމުރުގެ މީހުންގެ ދިރިއުޅުމުގެ އާދަކާދަތައް ބައްޓަންކުރަންޖެހޭ ގޮތާމެދު ޢާންމުން ހޭލުންތެރިކުރުވުމަށް ހިންގާ ޕްރޮގްރާމްތައް ރާވައި ހިންގުން. 7. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލުކުރުން. 8. މަސައްކަތުގެ ދާއިރާގައި ހިނެމޭގޮތަށް، އޮފީހުން ހަވާލުކުރާ އެންހައި މަސައްކަތެއް ކުރުން.  | 
||
| 
 ޢިނާޔަތްތައް  | 
 ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.  | 
||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
  | 
||
| 
 ސުންގަޑި  | 
 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.  | 
||
| 
 އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:  | 
 މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު). އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.  | 
||
| 
 އިތުރު މަޢުލޫމާތު  | 
 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 /3013019 އެވެ.  | 
||