ދިވެހިރާއްޖެ
ސަރކިއުލަރ
ލިބެންވީ: ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް
މައުޟޫޢު: އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކުން ލޯގޯ ބޭނުންކުރުން
ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) ގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން، އޮންލައިންކޮށް ވިޔަފާރި ހިންގާ، ޓެކްސް ދައްކާ ފަރާތްތައް، އެ ފަރާތަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން އެންގުމުގެ ބޭނުމަށް، އެ ފަރާތުގެ ވިޔަފާރި ހިންގަން ބޭނުންކުރާ އޮންލައިން ޕޯޓަލްގައި އެ ފަރާތުގެ ޓިން އަދި މީރާއިން ކަނޑައަޅާ ލޯގޯ އާންމުކޮށް ފެންނަން ހުންނަންވާނެއެވެ.
ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލޯގޯއަށް މީރާގެ ވެބްސައިޓުގެ http://www.mira.gov.mv/OnlineBusinesses.aspx ލިންކުން އެދެވޭނެއެވެ. މި ލޯގޯގައި އެ ޓެކްސް ދައްކާ ފަރާތެއްގެ ޓިންއާއި ނަން ހިމެނޭނެއެވެ. އަދި މީރާގައި ރަޖިސްޓަރީކޮށްފައިވާ ޓެކްސް ދައްކާ ފަރާތުގެ އީ-މެއިލް އެޑްރެހަށް މި ލޯގޯ ފޮނުވޭނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.