ދިވެހިރާއްޖެ
މި ސްކޫލަށް ބޭނުންވާ 7 ޓީވީ ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ސްކޫލަށް ޓީވީ ގަތުމަށް ބޭނުންވެގެން 25 މޭ 2016 ގައި ކުރި ނަންބަރު GS123/IUL/2016/22 ގެ އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން އެކަށީގެންވާ އަދަދަށް މީހުން ހާޒިރުވެފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ސްކޫލަށް ޓީވީ ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 1:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖޫން 2016 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 1:00 އަށް މި ސްކޫލުގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސްކޫލުންދޫކުރާ އަންދާސީހިސާބު ފޯމުންނެވެ. މި ފޯމު ދޫކުރެވޭނީ މިކަމަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަތުމުން މަޢުލޫމާތު ދޭ ގަޑީގައެވެ.
މަޢުލޫމާތު ސާފުކުރައްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ މީހަކީ ވަކިފަރާތަކުން ފޮނުއްވާ ފަރާތެއްކަން އެނގޭނެ ފޮނުއްވާ ފަރާތުގެ ސިޓީއަކާއި، އައިޑީ ކާޑުގެ ދެފުށް ކިޔަން އެނގޭނޭ ސާފުކޮޕީއަކާއި އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަވަން ޖެހޭނެއެވެ.
މިކަމާ ގުޅިގެން ދެވޭ މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަންދާސީހިސާބު ފޯމު ފުރިހަމަނުކޮށް ހުށަހަޅާ އަންދާސީހިސާބުތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ސުންގަޑީގެ ކުރިންނާއި ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ. އަދި މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުނަމަވެސް އެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.
9 ރަމަޟާން 1437