މަސައްކަތް
ނަންބަރު: (IUL)241-A/INDIV/2016/3
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 21 ޖޫން 2016 11:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންނަގައި ރައްކާކުރުމަށް ޤާއިމުކޮށްފައިވާ ނިޒާމުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ގއ. ވިލިނގިލި، ގެމަނަފުށި، ކަނޑުހުޅުދޫ، ދެއްވަދޫ، ކޮލަމާފުށީގެ ވާރޭފެންތާނގީ މަރާމާތުކުރުމާ ބެހޭ:        

މި އަތޮޅު ވިލިނގިލި، ގެމަނަފުށި، ކަނޑުހުޅުދޫ، ދެއްވަދޫ، ކޮލަމާފުށީގެ އިޖުތިމާޢީ ސަރަޙައްދުތަކުގައި ވާރޭފެން ނަގައި ރައްކާކުރުމަށް ޤާއިމުކޮށްފައިވާ ނިޒާމުތައް އެ ރަށްރަށުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެ ރަށްރަށުގެ ރަށުކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެ ރަށްރަށުގެ ރަށުކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތުދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މި މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވިލުއޭޓްކޮށް މާކްސްދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިވަނީއެވެ.

  • މަސައްކަތުގެ ޖުމްލަ އަގަށް ދެވޭ މާކްސް: %60
  • ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް: %30
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް: % 10              

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

09 ރަމަޟާން 1437

14 ޖޫން 2016