ނީލަން
ނަންބަރު: (IUL)238-A(B1)/INDIV/2016/5
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:04
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
200 ހޯސްޕަވަރގެ ޔަމަހާ ފޯރ ސްޓްރޯކުގެ ދެ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް

އިޢުލާން

މިއިދާރާގެ އުދަރެސް ލާންޗުން ނަގާފައިވާ 200 ހޯސްޕަވަރގެ ޔަމަހާ ފޯރ ސްޓްރޯކުގެ ދެ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާތީ މިއިންޖީނު ނީލަމުން ނަންގަވަން އެދޭ ފަރާތްތަކުން މިއިދާރާއަށް އަގު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.

އިންޖީނުގެ ޙާލަތު

1 އިންޖީނު: ރަނގަޅު

1 އިންޖީނު: މަރާމާތު ކޮށްގެން ބޭނުންކުރެވޭ ހާލަތުގައި

ނީލަން ފެށޭ އަގަކީ =/80000 ( އަށްޑިހަހާސް ) ރުފިޔާއެވެ. މިއަގުގެ ތެރެއަށް އިތުރު ކުރެވޭނީ ފަހަރަކު މަދުވެގެން =/1000 (އެއްހާސް) ރުފިޔާއެވެ. ރަސްމީބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 3 ދުވަސް ވަންދެން އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

އިންޖީނު ނީލަމުން ނަންގަވާ ފަރާތްތަކުން ނީލަމުން ނަގާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދައްކަވާ އިންޖީނު ގެންދަންވާނެއެވެ.

ނީލަމަށް ހުށަހެޅިފައިވާ އެންމެ މަތީއަގު ކޮންމެ ރަސްމީ ދުވަހެއްގެ 11:00 ގައި މިއިދާރާގެ ނޯޓިސްބޯޑަށް ނެރެވޭނެއެވެ.

މިއިންޖީނު ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާއަށް ހާޒިރުވުމުން އިންޖީނު ބެލޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

14 ޖޫން 2016