ދިވެހިރާއްޖެ
50 މީޑިއަމްބެކް ގޮނޑި ގަތުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީއަށް 50 މީޑިއަމް ބެކް ގޮނޑި ގަތުމަށް ކުރެވުނު ނަންބަރު: (IUL)25-A2/1/2016/05 (02 ޖޫން 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓުކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޖޫން 2016 ވާ ބުދަ ދުވަހުގެ 11:30 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.