ދިވެހިރާއްޖެ
އިޢުލާން
ފ. މަގޫދޫ ޞިއްޙީ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކޮށްފައިވާ މި އިދާރާގެ ނަންބަރު: 237-C/2016/20 (1 މޭ 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް އިޢުލާނު ކުރަމެވެ. ވީމާ، މަގޫދޫ ޞިއްޙީ މަރުކަޒުގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތަކާއި، ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
1. ކަރަންޓު ވައިރުކުރުން
2. ފާޚާނާތައް މަރާމާތުކުރުން
3. އަސްކެނި ސީލިންގ އަދި ޢިމާރާތުގެ އެތެރޭގެ ސީލިންގގެ ފިލާތައް ބަދަލުކުރުން
4. ނަލަފިލާ އަދި ސީލިންގ މަރާމާތުކުރުން
5. އޮފީސް ޢިމާރާތުގެ ފުރާޅު ބަދަލުކުރުން
6. ދޮރާއި ދޮރުފަތް ބަދަލުކުރުން
7. ވާރޭފެންނަގާ ތާނގީ ހިޔާކުރުން
8. އެއަރކޮންޑިޝަން ބެހެއްޓުން
9. ޕޯޓިކޯ ހެދުން
ވީމާ، މި މަސައްކަތްތައް ކޮށްދެވިދާނެ ފަރާތްތަކުން 2016 ޖޫން 21 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 30 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ އޮފީސް ބަޔާއި، ކްލިނިކް ބައިގެ އަގުތައް ވަކިން އެނގޭ ގޮތަށެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.