މަސައްކަތް
ނަންބަރު: (IUL)382/382/2016/45
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 26 ޖޫން 2016 13:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޖިޓަލް ނޯޓިސްބޯޑެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބުރުނީ ސްކޫލުގައި ޑިޖިޓަލް ނޯޓިސްބޯޑެއް ހެދުމާބެހޭ

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ބުރުނީ ސްކޫލުގައި ޑިޖިޓަލް ނޯޓިސްބޯޑެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކޮށްފައިވާ ނަންބަރު (IUL)382/382/2016/37 (23 މޭ 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރީމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓުފިކެޓު ގެންނަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީނުކުރާ އެއްވެސް ފަރާތަކަށް ބައިވެރިނުވޭނެ ވާހަކަ މިފުރުޞަތުގައި ހަނދުމަފުޅުކޮށް އެރުވީމެވެ. އަމިއްލަ ފަރުދުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ބަދަލުގައި އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނަމަ، މަޢުލޫމާތު ސާފުކުރާ ކުންފުނި / އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަން ސެޓުފިކެޓާއި ކުންފުނި / އިންވެސްޓްމަންޓުގެ ލިޔުމެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުއެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

08 ރަމަޟާން 1437

13 ޖޫން 2016