ދިވެހިރާއްޖެ
ސެކިއުރިޓީ ކެމެރާ ސިސްޓަމް ހޯދަން ބޭނުންވެއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވެގެން ފުރަތަމަ ކުރެވުނު ނަންބަރު MMS-A/2016/10 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައި ނުވާތީ، ދެވަނަ ފަހަރަށް ނަންބަރު MMS-A/2016/16 އިޢުލާން ކުރެވުނެވެ. ނަމަވެސް މި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި އެކި ލިޔެކިޔުން މަދުވެފައިވާތީއާއި ތިންފަރާތުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އަންދާސީހިސާބުތައް ވަނީ ޑިސްކޮލިފައި ކުރެވިފައެވެ. މިހެން ކަމުން ސެކިއުރިޓީ ކެމެރާ ސިސްޓަމް ހޯދަން ދެވަނަ ފަހަރަށް އިޢުލާންކޮށްގެން ތިން ފަރާތުން ބިޑް ހުށަހަޅާފައި ނުވާތީ އަނެއްކާވެސް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހުޅުލޭގައި ހުންނަ މި ސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 27 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މި ސަރވިސްއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 3323084 އަށް ގުޅުއްވުން އެދެމެވެ.
15 ޖޫން 2016