ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 457-HR/1/2016/11
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 21 ޖޫން 2016 12:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ  

މަޤާމް:

ސީނިއަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

މަޤާމުގެ ކްލެސިފިކޭޝަން:

MS2

މަޤާމުގެ ރޭންކް:

މަހަކު -/6295 ރުފިޔާ

މުސާރަ:

- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

- ފިނޭންސް އެލަވަންސް: މުސާރައިގެ %35

އެހެނިހެން ޢިނާޔަތްތައް:

2 (ދޭއް)

ބޭނުންވާ އަދަދު:

ސެންސަސް އެންޑް ސޯޝަލް އެނަލިސިސް

ސްޓެޓިސްޓިކަލް ސާރވޭސް އެންޑް އެނަލިސިސް

ބޭނުންވާ ސެކްޝަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

1. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ  ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ  ޑިމޮގްރަފީފަދަ  ސޯޝަލް  ސައިންސަސްގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛                   

3. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ  މަތީ ސަނަދެއް ހާސިލުކޮށްފައިވުން.                                                            

 

 

 

މަޤާމުގެ ޝަރުޠުތައް:

ސްޓެޓިސްޓިކަލް ސާރވޭސް އެންޑް އެނަލިސިސް 

ސްޓެޓިސްޓިކަލް  ސަރވޭ  އެންޑް  ޑޭޓާ  ޕްރޮސެސިންގ  ސެކްޝަން  ހިންގެވުމާ  ހަވާލުވެވަޑައިގެން  ހުންނަވާ އިސްވެރިއެއްގެ  ލަފާފުޅާއެކު،  ސެކްޝަނުގެ  މަސައްކަތްތަކާއި،  ޑިވިޜަނުން  ރާވައިގެން  ހިންގާ  ސަރވޭތައް ކުރިއަށްގެންދިއުމާއި، އެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. މިގޮތުން:

1. ސަރވޭތަކުގެ ސުވާލުކަރުދާސްތައް ތައްޔާރުކޮށް ޕްރީޓެެސްޓްކުރުމާއި ފައިނަލްކުރުން.

2. ސަރވޭތަކުގެ ސާމްޕްލިންގގެ މަސައްކަތްކުރުން.

3. ސަރވޭތަކުގެ ބަޖެޓްް އެކުލަވައިލުމާއި، ސަރވޭތަކަށްދާ ޚަރަދުތައް މޮނިޓަރކުރުމާއި، އެނިއުމަރޭޓަރުން ހޯދުމާއި، ލޮޖިސްޓިކްސްއާއި މުޅި އޮޕަރޭޝަން ރާވައި މެނޭޖްްްކުރުމުގައި އިސް ދައުރެއް އަދާކުރުން.

4. ސަރވޭތަކުގެ ޕަބްލިސިޓީ މެޓީީރިއަލް ތައްޔާރުކުރުމާއި، ޕަބްލިސިޓީ ހަރަކާތްތައް ރާވައި ހިންގުން.

5. ސަރވޭތަކުގެ ޓްރެއިނިންގ މެނުއަލް، ޕްރެޒެންޓޭޝަން ފަދަ ޓްރޭނިންގ މެެޓީރިއަލް ތައްޔާރުކުރުުމާއި، ތަމްރީން ދިނުން.

6. ސަރވޭތަކުގެ ކޯޑިންގ މެނުއަލްތައް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން.

7. ސަރވޭތަކުގެ ޑޭޓާ ކަލެކްޓްކުރުމާއި ސުޕަވިޜަންގެ މަސައްކަތްކުރުން.

8. ސަރވޭތަކުގެ މަޢުލޫމާތު ކޯޑްކުރުންްް.

9. ސަރވޭތަކުގެ ޑޭޓާ އެޑިޓްކޮށް، ޑޭޓާތައް ކްލީންކުރުމުގެ މަސައްކަތް ކުރުން.

10. ސަރވޭތަކުގެ ޓެކްނިކަަލް ރިޕޯޓްތަކާއި، އެނަލިޓިކަލް ރިޕޯޓްތައް އެކުލަވައިލުމުގައި ބައިވެރިވެ، މި މަސައްކަތް ކުރުން.

11. ސަރވޭގެ ނަތީިޖާތައް އާންމުކުރުމުގައި ބައިވެރިވެ، އެ މަސައްކަތް ވިލަރެސްކުރުން.

12. އިންޓަރނޭޝަނަލް ކްލެސިފިކޭޝަންތައް ރާއްޖެއާ ގުޅޭގޮތަށް ބައްޓަންކޮށް، ކަނޑައެޅޭ ނޭޝަނަލް ކޯޑިންގ ސިސްޓަމްތައް އެކުލަވައިލުމުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުން.

13. ތަފާސްހިސާބު ގަވާއިދުގެދަށުން ހުއްދައަށްއެދޭ ސަރވޭތައް ޕްރޮސެސްކޮށް، މި ސަރވޭތަކުގެ ރަޖިސްޓްރީއެއް ޤާއިމްކޮށް ބެލެހެއްޓުމާއި، އެ ސަރވޭތަކުގެ ރިޕޯޓްތައް ސޮޕްޓްކޮށް މެއިންޓެއިންކުރުން.

14. ތަފާސްހިސާބު ގަވާއިދުގެދަށުން ހުއްދަ ނަގައިގެން ކުރާ ސަރވޭތަކުގެ ރިޕޯޓްތައް ދިރާސާކޮށް ކޮމެންޓްކުރުމާއި، ޔޫސަރުންނަށް ފަސޭހައިން ޑޭޓާ އެކްސަސްވެވޭގޮތަށް އާންމުކުރުން.

15. ސަރުކާރުގެ އެހެން އޮފީސްތަކުން ކުރާ ސަރވޭތަކުގައި އެފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން.

16. ސަރވޭގެ ޑޭޓާ ކަލެކްޝަނާއި، ޕްރޮސެސިންގއާއި ޑިސެމިނޭޝަން، ޒަމާނާ އެއްގޮތަށް މޮޑަނައިޒްކޮށް ތަރައްޤީކުރުމަށް، ސެކްޝަން ހެޑާ ގުޅިގެން މަސައްކަތްްކުރުން.

17. ސަރވޭއާއި ސާމްޕްލިންގގެ ދާއިރާގެ ޔޫ.އެން ރިކޮމެންޑޭޝަންތަކާއި މެނުއަލްތަކުގައިވާ މަޢުލޫމާތު ދެނެގަނެ، މި ދާއިރާގެ ޓެކްނިކަލް ނޮލެޖް މުއްސަނދިކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުން.

18. ޔުނިޓުގެ މަސައްކަތް ޑޮކިއުމަންޓްކުރުމާއި ތަރައްޤީކުރުމަށް މަސައްކަތްކުރުން.

19. ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ސެންސަސް އެންޑް ސޯޝަލް އެނަލިސިސް

1. އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ ދިރާސާ ރިފޯޓް ލިޔުން.

2. އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މައްޗަށް ބިނާކޮށް، އާބާދީގެ އަންދާޒާ ތައްޔާރުކުރުމުގެ މަސައްކަތްކުރުން.

3. ލައިފް ޓޭބަލާއި، އާބާދީ އަންދާޒާތައް ތައްޔާރުކުރުން.

4. އާބާދީއާއި އިޖުތިމާޢީ ގުޅުންހުރި އިންޑިކޭޓަރތައް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.

5. އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ ތާވަލްތައް ނެގުމުގެ މަސައްކަތްކުރުން.

6. ޑިމޮގްރަފިކް މަޢުލޫމާތު އާންމުކުރުމާއި، އެ މަޢުލޫމާތު އެކިފަރާތްތަކަށް ފޯރުކޮށްދިނުމާއި، އެ މަސައްކަތްކުރުން.

7. ރިޕޯޓްތަކަށް ކޮމެންޓްކުރުމާއި، ލަފާދިނުމާއި، އެ މަސައްކަތްކުރުން.

8. ބޯހިމެނުމުގެ މަސައްކަތް ރާއްޖޭގައި ހިންގުމުގެ މަސައްކަތްތައްކުރުން.

9. ބޯހިމެނުމުގެ ސުވާލުކަރުދާސް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.

10. ބޯހިމެނުމުގެ މަސައްކަތުގައި ބޭނުންކުރާ އިނިއުމަރޭޓަރުންނާއި، ސުޕަވައިޒަރުންގެ އަތްމަތީފޮތް ތައްޔާރުކުރުން.

11. ބޯހިމެނުން ކުރިއަށްގެންދާނޭގޮތުގެ ޕްރޮސީޖަރތައް ތައްޔާރުކުރުން.

12. ބޯހިމެނުމުގެ ސުވާލުތަކަށް ބިނާކޮށް ޓެބިއުލޭޝަން ޕްލޭން އެކުލަވައިލުމުގެ މަސައްކަތްކުރުން.

13. ބޯހިމެނުމުގެ ޑޭޓާ ބޭނުންކުރައްވާ ފަރާތްތަކަށް ހިންގާ މަސައްކަތު ބައްދަލުވުމުގެ މަސައްކަތްތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން.

14. ބޯހިމެނުމުގެ ސުވާލުކަރުދާސް ޓެސްޓުކުރުމުގެ މަސައްކަތްކުރުން.

15. ބޯހިމެނުމަށްޓަކައި އިނިއުމަރޭޓަރުން ތަމްރީންކުރުމުގެ މަސައްކަތްކުރުން.

16. ބޯހިމެނުމުގެ ވަގުތީނަތީޖާ އެކުލަވައިލުމާއި، ނަތީޖާ އާންމުކުރުމުގެ މަސައްކަތްކުރުން.

17. ބޯހިމެނުމުގެ މަޢުލޫމާތުތައް ކޯޑުދިނުމާއި، ކޮންޕިއުޓަރަށްލުމުގެ މަސައްކަތް ސުޕަވައިޒްކުރުން.

18. ވިހައިމަރުވާ ހިސާބުތައް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.

19. އާބާދީއާއި އިޖުތިމާޢީ ތަފާސްހިސާބުތައް ޗެކްކުރުމާއި، އެ މަޢުލޫމާތުގެ ޞައްޙަކަން ބެލުމުގެ މަސައްކަތްކުރުން.

20. ރިޕޯޓްތަކުގައި ހިމެނޭ ތަފާސްހިސާބުގެ ޞައްޙަކަން ބެލުމުގެ މަސައްކަތްކުރުން.

21. ބޯހިމެނުމުގައި ބޭނުންކުރެވޭ ޗާޓްތައް ތައްޔާރުކުރުމަށްޓަކައި ޗާޓްތައް ރަށްތަކަށް ފޮނުވުމާއި، އަޕްޑޭޓްކުރުމާއި، ޗާޓްތަކުގައި ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ސުޕަވައިޒްކުރުން.

22. ބޯހިމެނުމަށްޓަކައި މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައްކުރުން.

23. ބޯހިމެނުމުގެ ނަތީޖާތައް ކޮމްޕިއުޓަރަށް ލުމަށްޓަކައި ޕްރޮގްރާމް ހެދުމުގެ މަސައްކަތް ބެލެހެއްޓުން.

24. ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުގެ ލަނޑުދަނޑިތަކާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލް (އެސް.ޑީ.ޖީ) އާއި، ސާކް ޑިވެލޮޕްމަންޓް ގޯލް (އެސް.ޑީ.ޖީ) ގެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު އާންމުކުރުމަށްޓަކައި ބޭނުންވާ ތަފާސްހިސާބުތައް އެކުލަވައިލުން.

25. މީގެ އިތުރުން އިޖުތިމާޢީ ތަފާސްހިސާބު ހަރުދަނާކުރުމަށް އެކިއެކި ވުޒާރާތަކުގައި ބޭނުންކުރެވޭ އިދާރީ ރަޖިސްޓްރީތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

މިމަގާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން  އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިތުރު ޢިނާޔަތްތައް:

މިމަޤާމްތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުތުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިހާންކުރުން، އިއުލާންއަށް މުއްދަތު ހަމަވާތާ ދެހަފްތާތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާންކުރުން:

- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

- ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަމާއި، ފަންނީ ޤާބިލްކަން ހުރި މިންވަރު.

- މި ވަޒީފާތަކަށް މީހުން ހޮވުމުގައި ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭނެ/ މާލެއިންބޭރަށް އޮފީސް މަސައްކަތުގައި ދެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައު އިމާރާތުގެ 2 ވަނަ ފަންގިފިލައިން ލިބެން ހުންނާނެއެވެ. އަދި މި ބިއުރޯގެ statisticsmaldives.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް  (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

7. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް.

8. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައު އިމާރާތުގެ 2 ވަނަ ފަންގިފިލަޔަށް ހުށަހެޅުން އެދެމެވެ.

ސުންގަޑި:

 

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3349388 ނަންބަރު ފޯނަށް ނުވަތަ 3349395 ނަންބަރު ފޯނަށެވެ.

އިތުރު މަޢުލާމާތު:

   8 ރަމަޟާން 1437
13 ޖޫން 2016