މަސައްކަތް
ނަންބަރު: GNAH: (I)(I)AP/P/2016/11
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 19 ޖޫން 2016 13:00
ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޏ. އަތޮޅު ހޮސްޕިޓަލުގެ ޢިމާރާތާއި، ގޯތިތެރެ ފޮޅައި ސާފުކޮށް، ވަށައިގެންވާ މަގުތަކުގެ ކުނިނަގައި ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު:

މި ހޮސްޕިޓަލުގެ ނަންބަރު GN.AH(I)(I)AP/2016/03 އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތުގެ މައްސަލަތަކެއް ހުރުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ. މި ހޮސްޕިޓަލުގެ ޢިމާރާތާ ގޯތިތެރެ އަދި ވަށައިގެންވާ މަގުތައް ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 22 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތްތަކުން މަޢުލޫމާތު ހޯއްދެވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. 

07 ރަމަޟާން 1437

12 ޖޫން 2016