މަސައްކަތް
ނަންބަރު: (IUL)242/242/2016/23
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 20 ޖޫން 2016 11:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެޑްމިންޓަން މުބާރާތެއް އިންތިޒާމުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

ގދ. އަތޮޅު ކައުންސިލްގެ ފަރާތުން މުޅި އަތޮޅަށް ހުޅުވާލައިގެން ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާތީ، މި މުބާރާތް އިންތިޒާމުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މި އިދާރާއިން ކުރި ނަންބަރު: (IUL)242/242/2016/12 (10 އެޕްރީލް 2016) އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ އަންދާސީހިސާބުތަކުގައި ފުރިހަމަވާންޖެހޭ ބައެއް މަޢުލޫމާތުތައް ފުރިހަމަވެފައިނުވާތީ، މި ދެންނެވި އިޢުލާން ބާޠިލުކޮށް އަލުން މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 20 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

09 ރަމަޟާން 1437

14 ޖޫން 2016