ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|||
ޑިރެކްޓަރ، ފިނޭންސް |
މަޤާމް: |
||
އެގްޒެގެޓިވް |
ކްލެސިފިކޭޝަން: |
||
EX1 |
މަޤާމުގެ ރޭންކް: |
||
މަހަކު -/8835 ރުފިޔާ |
މުސާރަ: |
||
- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ - އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް: މުސާރައިގެ %35 |
އެހެނިހެން ޢިނާޔަތްތައް: |
||
1 (އެކެއް) |
ބޭނުންވާ އަދަދު: |
||
ފައިނޭންސް އެންޑް އެކައުންޓްސް |
ބޭނުންވާ ސެކްޝަން: |
||
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ |
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް: |
||
1. ފައިނޭންސް/ އެކައުންޓިންގ/ ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ފައިނޭންސް/ އެކައުންޓިންގ/ ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. ފައިނޭންސް/ އެކައުންޓިންގ/ ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ ޝަރުޠުތައް: |
||
ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން - އެކައުންޓްސް އެންޑް ފައިނޭންސް ސެކްޝަނުގެ މަސައްކަތްތައް، ޒިންމާދާރު ވެރިޔާގެ ލަފަޔާއެކު ކުރިއަށްގެންދިއުން. - އެކައުންޓްސް އެންޑް ފައިނޭންސް ސެކްޝަނުގެ މަސައްކަތްތައް ހިނގާނުހިގާގޮތް ބެލުމާއި، މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ކަންތައްތައް ރޭވުން. - އެކައުންޓްސް އެންޑް ފައިނޭންސް ސެކްޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތް ރޭވުމުގައި ސެކްޝަނުގެ ބައްދަލުވުންތައް ބޭއްވުން. - އެކައުންޓްސް އެންޑް ފައިނޭންސް ސެކްޝަނުގެ މަސައްކަތްތައް ކުރިއަށްގެންދާނެގޮތުގެ ލަފަޔާއި، އިރުޝާދު މުވައްޒަފުންނަށް ދިނުން. - އެކައުންޓްސް އެންޑް ފައިނޭންސް ސެކްޝަނުގައި މަސައްކަތްކުރަމުންގެންދާ ހުރިހާ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ބޭނުންވާ އިރުޝާދާއި ލަފާދިނުން. - އެކައުންޓްސް އެންޑް ފައިނޭންސް ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން. - ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ މުހިންމު ބައްދަލުވުންތަކުގައި މި ޑިޕާޓްމަންޓުގެ ފަރާތުން ބައިވެރިވުން. - ސެކްޝަނުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަނަށް ފޯރުކޮށްދިނުން. - ސީނިއަރ ލެވެލްގައި ބިއުރޯއާކު، އަދި އެހެންސަރުކާރުގެ އެހެން އޮފީސްތަކުގައި ބާއްވާ ބައްދަލުވުންތަކުގައި މި ބިއުރޯ ތަމްސީލްކުރުން. - ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑު އޮފް ކޮންޑަކްޓާ އެއްގޮތްވާގޮތުގެމަތިން ވަޒީފާ އަދާކުރުމާއި، ސުޕަވައިޒްކުރާ މުވައްޒަފުން، މި ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން މަސައްކަތްކުރޭތޯ ބެލުން. - ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން. - އޮފީހުން ރާވައި ހިންގާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވެ އެ މަސައްކަތްތައް ކުރުން. - ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑު އޮފް ކޮންޑަކްޓާ އެއްގޮތްވާގޮތުގެމަތިން ވަޒީފާ އަދާކުރުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
||
މި މަޤާމަށް ހޮވޭ ފަރާތްތަކަށް، މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
އިތުރު ޢިނާޔަތްތައް: |
||
މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، މި އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ. |
އިންޓަރވިއުކުރުމާއި، އިމްތިޙާން ކުރުން: |
||
- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު. - މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު. - ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަމާއި، ފަންނީ ޤާބިލްކަން ހުރި މިންވަރު. |
މީހުން ހޮވުމުގައި ބަލާނެ ކަންކަން: |
||
1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައު އިމާރާތުގެ 2 ވަނަ ފަންގިފިލައިން ލިބެން ހުންނާނެއެވެ. އަދި މި ބިއުރޯގެ statisticsmaldives.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެވެ.) 2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 7. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓުފިކެޓުތައް. 8. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
||
2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައު އިމާރާތުގެ 2 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ. |
ސުންގަޑި:
|
||
މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3349388 ނަންބަރު ފޯނަށް ނުވަތަ 3349395 ނަންބަރު ފޯނާއެވެ. |
އިތުރު މަޢުލާމާތު: |
||
8 ރަމަޟާން 1437 |