މަސައްކަތް
ނަންބަރު: MMS-A/2016/26
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 11 ޖުލައި 2016 12:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
2 ކޮޓަރި ހެދުމަށް

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ އެޑްމިން އިމާރާތަށް އިތުރުކުރާ ބައިގެ ޑިޒައިން ކޮންސެޕްޓް ތައްޔާރުމަށް ބޭނުންވާ މަޢުލޫމާތުޝީޓު

1. ބެކްގްރައުންޑް:

މި އިދާރާގެ މިހާރު ބޭނުންކުރަމުންދާ އެޑްމިން އިމާރާތުގެ ޓެރަސްބައިގައި އިތުރު 2 ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި މަސައްކަތަށް ބޭނުންވާ ޑިޒައިން ކޮންސެޕްޓް (ފެނާއި ކަރަންޓް ވަޔަރިންގެ ކުރެހުމާއެކު) ގެ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނި ހުޅުވާލެވިފައެވެ. އަދި މި މަސައްކަތުގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާނެ ލިޔެކިޔުން ތައްޔާރުކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށްދާއިރު ކޮންސަލްޓޭޝަން ފޯރުކޮށްދިނުން ހިމެނެއެވެ.

2. މަސައްކަތުގެ ތަފުސީލު:

  • ކޮންސެޕްޓް ޑިޒައިން ތައްޔާރުކުރުމާއި ފެނާއި ކަރަންޓް ވަޔަރުގެ ކުރެހުން ތައްޔާރުކޮށް ނިންމުން.
  • ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާނެ ހުރިހާ ލިޔެކިޔުންތައް ތައްޔާރުކޮށް ނިންމުން.
  • ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުުންދާއިރު ކޮންސަލްޓޭޝަން ފޯރުކޮށްދިނުން.
  • ހުރިހާ މަސައްކަތެއްގެ ފައިނަލް ރިޕޯޓް ތައްޔާރުކުރުން

3. އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ޝަރުޠުތައް:

  • އިމާރާތް ކުރެހުމާއި ކޮންސެޕްޓް ޑިޒައިންގގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ހުރުން.
  • މަސައްކަތުގެ ދާއިރާގެ ތަޢުލީމި ސެޓުފިކެޓު

4. އަންދާސީހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ހުށަހަޅާ ފަރާތުގެ ޤާބިލުކަމާއި، މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި މިންވަރު އަންގައިދޭ ލިޔެކިޔުންތައް
  • ފައިނޭންޝަލް ޕްރޮޕޯޒަލް (60 ދުވަހުގެ ވެލިޑިޓީއެއް ދިނުން)
  • ވަނަވަރު
  • ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް (ލައިސަންސް އަދި ސެޓުފިކެޓުތައް، ހުށަހަޅާ ފަރާތުގެ ޕްރޮފައިލް، ގުޅުންހުރި ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ރިފަރެންސް ލެޓަރ)
  • ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާނަމަ ރަޖިސްޓަރީގެ ކޮޕީ

5. އަންދާސީހިސާބު ހުށަހެޅުން:

  • އަންދާސީހިސާބު ހުށަހަޅުން އޮންނާނީ 11 ޖުލައި 2016 ދުވަހުގެ 12:00 ގައި މި އިދާރާއަށެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް

ހުޅުލެ، 22000، ދިވެހިރާއްޖެ

އީމެއިލް: [email protected]

6. ބީލަން ހަވާލުކުރުން:

މަސައްކަތް ހަވާލުކުރުމުގައި މާކްސް ދެވޭނެ ކަންތައް:

  • ފުރިހަމަ އަންދާސީހިސާބަށް ޖުމްލަ މާކްސްގެ %70 ދެވޭނެއެވެ.
  • މަސައްކަތުގެ ތަޢުލީމާއި ތަޖުރިބާއަށް ޖުމްލަ މާކްސްގެ %30 ދެވޭނެއެވެ.

7. މާކްސް ދެވޭނެ ގޮތްތައް:

  • އަންދާސީހިސާބު:

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް %70 މާކްސް ދެވޭނެއެވެ. މިގޮތުން މާކްސް ދިނުމުގައި ބޭނުންކުރާނީ ތިރީގައި ބަޔާންކުރެވިފައިވާ ފޯމިއުލާއެވެ.

(Lowest price / proposed price * 70%)

  • މަސައްކަތުގެ ތަޖުރިބާ:
  • ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަހަރުން: % 15
  • މަސައްކަތް ކޮށްފައިވާ ޕްރޮޖެކްޓްތައް: % 15

ޖުމްލަ: %100

14 ޖޫން 2016