ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 438/438/2016/115
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 23 ޖޫން 2016 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯދުން

ވަޒީފާގެ ފުރުޞަތު

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯދަންކުރެވުނު ނަންބަރު: 438/438/2016/113(IUL) އަދި ނަންބަރު: 438/438/2016/114(IUL) އިޢުލާނުގައިވާ ބައެއް މަޤާމުތަކަށް ބޭނުންވާ ވަރަށް ޝަރުޠު ހަމަވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ މަޤާމުތަކަށް ލިބިފައިވާ އެޕްލިކޭޝަންތައް ބާޠިލުކޮށް، އަލުން އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު:

ޝިފްޓް ސުޕަވައިޒަރ

ބޭނުންވާ އަދަދު:

02

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/8,500 ރުފިޔާއާއި -/10,500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ލޭންޑްފިލް އޮޕަރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުނާއި ސަޕޯޓް ސްޓާފުންގެ މަސައްކަތް ރާވައި މަސައްކަތް ހިނގާނުހިނގާގޮތް ބެލެހެއްޓުން؛
  • ފެސިލިޓީގައި ކުރަން ޖެހޭ މެއިންޓެނަންސާއި މަރާމާތުގެ އެންމެހާ ކަންތައްތައް ރާވައި ހިންގުން

ފެންވަރު ނުވަތަ ޝަރުޠު:

(ހ) އެންވަޔަރަމަންޓަލް މެނޭޖްމަންޓް/ ވޭސްޓް މެނޭޖްމަންޓް ނުވަތަ ގުޅޭ ދާއިރާއެއްގައި މަދުވެގެން 02  އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،

(ށ) ސިނާޢީ މަސައްކަތްތައް ކުރާ ތަނެއްގައި ސްޕަވައިޒަރީ ލެވެލްގެ މަޤާމެއެއްގައި މަދުވެގެން 01 ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ރ) މަސައްކަތުގެ މާހައުލުގައި އުޅޭއިރު، އުނދަގޫ ހާލަތްތަކުގައި ދިމާވާ ކަންތައްތައް ވިސްނުންތެރިކަމާއެކު ހައްލުކުރަން އެނގުން؛

(ބ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/7,000 ރުފިޔާއާއި -/8,500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • ފެސިލިޓީގައި އިދާރީގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަކުރުމާއި، ނިންމުން.
  • ފެސިލިޓީއަށް ލިބޭ އެކިއެކި ލިޔެކިޔުންތައް ލިބެންޖެހޭ ފަރާތްތަކާ ހަވާލުކޮށް، އެކަމުގެ ރިކޯޑްސް ބެލެހެއްޓުން.
  • ފެސިލިޓީގެ ހުރިހާ ލިޔެކިއުންތައް ފައިލުކޮށް ބެލެހެއްޓުން.
  • އޮފީހަށް އަންނަ ފޯންކޯލުތަކަށް ޖަވާބުދާރީވުމާއެކު، އެކަމާބެހޭ އެންމެހައި ކަންކަން ކުރުން.
  • އެކިއެކި ކަންކަމުގައި އޮފީހަށް ޒިޔާރަތްކުރާ މީހުންގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  • އޮފީހުގެ މާޙައުލު ސާފުތާހިރުކޮށް ބޭއްވުމަށް ސާފުކުރުމުގެ ކަންތައްތައް ރާވައި ހިނގަމުންދާގޮތް ބެލުން.
  • އެޑްމިން ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތައް ދުވަހުން ދުވަހަށް ނިންމުން.
  • އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. އެޑްމިން މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަންގެ މަސައްކަތާ ގުޅުންހުރި ދާއިރާއިން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިން މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިން މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު:

ހެވީ ވެހިކަލް އޮޕަރޭޓަރ

ބޭނުންވާ އަދަދު:

02

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/11,000 ރުފިޔާއާއި -/9,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • ފޯކްލިފްޓް، ވީލްލޯޑަރސް، ޓެލެހެންޑްލާރސް، ސްކިޑް ސްޓިއާރ ލޯރޑަރސް އަދި ސައިޓުގައިވާ އެހެނިހެން ހެވީ އިކްވިޕްމަންޓް އޮޕަރޭޓްކުރުމާއި ބެލެހެއްޓުން؛

ފެންވަރު ނުވަތަ ޝަރުޠު:

(ހ) ފޯކްލިފްޓް، ވީލް ލޯޑަރސް، ޓެލެހެންޑަލާރސް، ސްކިޑް ސްޓިއާރ ލޯރޑަރސްފަދަ ހެވީ އިކްޕްމަންޓް ދުއްވުން/ އޮޕަރޭޓްކުރުމުގެ ލައިސަންސް ލިބިފައިވުން؛

(ށ) މިފަދަ ތަކެތި ދުއްވުމުގެ/ އޮޕަރޭޓް ކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން؛

(ރ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމު:

ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު:

03

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/6,000 ރުފިޔާއާއި -/4,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • ވަންދޫއަށް ގެނެވޭ ކުނި ޗެކުކޮށް ވަކިކުރުން
  • މަސައްކަތްކުރާ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުން؛

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމު:

ޖެނިޓާރސް (ކްލީނަރސް)

ބޭނުންވާ އަދަދު:

03 (އަންހެން/ފިރިހެން)  

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/4,000 ރުފިޔާއާއި -/6,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • ބަނދަރުމަތީގައި ހުންނަ ކުނިނަގައި، ވިނަނޮޅައި ސާފުކުރުން.
  • އޮފީސް އިމާރާތާއި، އެކަމޮޑޭޝަން ބްލޮކް ސާފުކޮށް ބެލެހެއްޓުން އަދި ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
  • މީގެ އިތުރަށްވެސް، މަސައްކަތާ ގުޅޭގޮތުން ޝިފްޓް ސުޕަވައިޒަރު އަންގާ މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

އިތުރު އިނާޔަތްތައް:

ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކެއުމާއި ހުރުން ރ. ވަންދޫއިން ހަމަޖައްސައިދެވޭނެއެވެ. އަދި ރ. އިންނަމާދޫ އަދި ރ. ރަސްމާދޫގައި ދިރިއުޅުއްވާ ފަރާތްތަކަށް ކޮންމެ ދުވަހަކު ދަތުރުފަތުރު ހަމަޖައްސައިދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ  އަދި ސީ.ވީ
  2. ޕާސްޕޯޓް ސައިޒް 1 ފޮޓޯ
  3. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
  4. ޕޮލިސް ރިޕޯޓް
  5. މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

  • މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދެވޭނެއެވެ. އަދި،
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ދާއިމީ މުވައްޒަފުންގެ ގޮތުގައި ހަމަ ޖެއްސޭނެއެވެ.
  • އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.  
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3018415 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2016 ޖޫން 23 ވާ ބުރާސްފަތި ދުވަހު 14:00 ކުރިން މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނާރޖީ (ގްރީން ބިލްޑިންގ) އަށް ނުވަތަ،

މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް.

14 ޖޫން 2016