ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)23-AP/1/2016/71
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 26 ޖޫން 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް 8 ފޮޓޯކޮޕީ މެޝިން (ޕްރިންޓިންގ ފެސިލިޓީއާއިއެކު) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީއަށް 8 ފޮޓޯކޮޕީ މެޝިން (ޕްރިންޓިންގ ފެސިލިޓީއާއިއެކު) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/1/2016/59 (22 މޭ 2016 ) އިޢުލާނަށް ހުށަހަޅުއްވާފައިވާ ބައެއް އަންދާސީހިސާބުތަކުގެ މަޢުލޫމަތު ފުރިހަމަނުވާތީ ވާދަކުރާނެ ތިން ފަރާތް ނެތުމުން އެ އިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 ޖޫން 20 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 26 ވާ އާދީއްތަ ދުވަހު ހެނދުނު 10:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

14 ޖޫން 2016