ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ސެކިއުރިޓީ އޮފިސަރ |
މަޤާމުގެ ގިންތި: |
ވޭޖް |
ބޭނުންވާ އަދަދު: |
3 (ތިނެއް) |
ވަޒީފާ އޮތް އޮފީސް: |
ކުނބުރުދޫ ސުކޫލް |
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: |
އެޑްމިން ސެކްޝަން، ކުނބުރުދޫ ސުކޫލް |
ކޮންޓްރެކްޓުގެ މުއްދަތު: |
2016 ޑިސެންބަރު 31 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް |
މަސައްކަތް ކުރަންޖެހޭ އޮފީސް: |
ކުނބުރުދޫ ސުކޫލް، އދ. ކުނބުރުދޫ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
- ސްކޫލުގެ ގޯތިތެރެއާއި، އެންމެހައި އިމާރާތްތަކާއި، އިމާރާތްތަކުގައިވާ ތަކެއްޗާއި، ގޯތި ވަށައިގެންވާ ގޯޅިތަކާއި މަގުތަކުގެ ސެކިއުރިޓީ، ސްކޫލުން ކަނޑައަޅާގޮތެއްގެމަތީން ބެލެހެއްޓުން. - އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. - ވަޒީފާއާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން. - މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތް ކުރުން. |
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންކަން: |
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
އިންޓަވިއު ކުރުން: |
މި މަޤާމަށް މީހަކު ހޮވުމުގައި އިންޓަވިއު ކުރެވޭނެއެވެ. އިންޓަވިއުކުރުން އޮންނާނީ، މުއްދަތު ހަމަވާތާ ފަސްދުވަހުގެ ތެރޭގައެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ޖޫން 30 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، ކުނބުރުދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. |
ސެޓުފިކެޓުތަކާއި ލިޔެކިޔުންތައް އެޓެސްޓުކުރުން: |
ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަށް އެޓެސްޓުކުރުން އޮންނާނީ އިންޓަވިއުކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލުގެ އޮފީހުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯކޮޕީތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ) 3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް. 4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ކަރިކިއުލަމް ވިޓާ (ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް އެނގޭނޭހެން) 5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ. 6. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ފޮޓޯކޮޕީ. 7. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނޯޓު: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ކުނބުރުދޫ ސުކޫލުގެ 6680842 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ. |
8 ރަމަޟާން 1437 |