ޢާންމު މަޢުލޫމާތު
ނަންބަރު: 113-CCD/1-2016/65
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:02
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރަށް އަންނަ މުދާ އުފުލާ ބޯޓުފަހަރުގައި ބްރޭކްބަލްކުކޮށް ގެންނަ ޕެރިޝަބަލް އަދި ޖެނެރަލް ކާގޯއާ ބެހޭ

މާލޭ ވިޔަފާރި ބަނދަރަށް އަންނަ މުދާ އުފުލާ ބޯޓުފަހަރުގައި ބްރޭކްބަލްކުކޮށް ގެންނަ ޕެރިޝަބަލް އަދި ޖެނެރަލް ކާގޯގެ ބާވަތްތައް ކޮންސޮލިޑޭޓްކޮށް ގެނައުމަށް ވަކި މިންގަނޑުތަކެއްވަނީ ކަނޑައެޅިފައެވެ. އެގޮތުން 2015 ޖޫން 07 ވަނަ ދުވަހުން ފެށިގެން އެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމަށް މި ކުންފުނީގެ ނަންބަރު: 113-COD/I-2015/46 އިޢުލާނުން ވަނީ އެންގިފައެވެ. ނަމަވެސް، އެ މިންގަނޑުތަކާ އެއްގޮތަށް ބައެއް ފަރާތްތަކުން ޢަމަލުނުކުރުމުގެ ސަބަބުން ބޯޓުފަހަރުގެ މަސައްކަތް ލަސްވެ، ބަނދަރުން ދެމުންގެންދާ ޚިދުމަތްތައް އެދެވޭ ރަނގަޅު ފެންވަރެއްގައި ދިނުމަށް އަންނަނީ ހުރަސްތަކާ ކުރިމަތިވަމުންނެވެ.

މުދަލުގެ މަރުކާ ވަކިން، ކޮންސޮލިޑޭޓްކޮށް ގެނައުމަށް ބާރުއެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ބޯޓުފަހަރުގެ މަސައްކަތް އަވަސް ކުރުމަށާއި، މުދަލުގެ ވެރިފަރާތަށް މުދާ ރައްކާތެރިކަމާއެކު އަވަހަށް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ބަނދަރުގެ މަސައްކަތް ހަލުވިކުރުމެވެ. އެގޮތުން، ބަނދަރުގެ ޚިދުމަތްތައް ތަރައްޤީކޮށް ކުރިއެރުވެން އޮތީ މިފަދަ ކަންކަމުގައި ބަނދަރާ ގުޅުންހުރި ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ. ވީމާ، ކުރިއަށް އޮތްތަނުގައި ބަނދަރަށް އަންނަ ބޯޓުފަހަރުގައި ގެންނަ މުދާ މަރުކާ ވަކިން، ކޮންސޮލިޑޭޓްކޮށް ގެނައުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޝިޕިންގ އެޖެންޓުންނަށް ދަންނަވަމެވެ. އަދި މިގޮތާ ޚިލާފަށް މުދާގެންނަ ބޯޓުފަހަރުތައް ޖޫރިމަނާކުރާގޮތަށް ހަމަޖެހިފައިވާ ވާހަކަވެސް ދަންނަވަމެވެ.

09 ރަމަޟާން 1437

14 ޖޫން 2016