ވަޒީފާގެ ފުރުޞަތު
ނަންބަރު: AS-A/IU/2016/46
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 23 ޖޫން 2016 14:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ހެލްތު އެސިސްޓެންޓް (ކޮންޓްރެކްޓް)

މަޤާމް :ހެލްތު އެސިސްޓެންޓް (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަޤާމު:                 ސްކޫލް ހެލްތް އޮފިސަރ (ކޮންޓްރެކްޓް)

ކްލެސިފިކޭޝަން:            ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:                 އެމް.އެސް. 1

މަސައްކަތް ހަމަޖެހިފައިވާ ތަން:    އަމީނިއްޔާ ސްކޫލް  

ބޭނުންވާ އަދަދު:             01

މުސާރަ:                -/5610 ރ.

ސަރވިސް އެލަވަންސް:        -/2000 ރ.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސްކޫލުގެ ދަރިވަރުންނާއި، ޓީޗަރުންނާއި، ބެލެނިވެރިންނަށް ޞިއްޙީ ޕްރޮގްރާމް ރާވައި ހިންގުން.

2. ސްކޫލުގެ ބޯފެނާއި ޢާންމު ސާފުތާހިރުކަން ބަލަހައްޓައި، އެކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

3. ސްކޫލުގެ ތެރޭގައި ދަރިވަރުންނަށް ދިމާވާ އެކިއެކި ޞިއްޙީ މައްސަލަތަކުގައި ފަސްޓްއެއިޑް ދިނުން.

4. މަދިރިން ރައްކާތެރިވުމުގެގޮތުން މަދިރިބޭސް ޖެހުން.

5. ސްކޫލުގެ ހެލްތާ ގުޅޭ އިޖުތިމާޢީ ހަރަކާތް ހިންގުން.

6. ސްކޫލުގެ ހުރިހާ މުވައްޒަފުންނާއި ޓީޗަރުންނަށް އަމާޒުކޮށް ފަސްޓްއެއިޑް ޓްރެއިނިންގތަކެއް ހިނގުން.

7. ލިޓްލްމެއިޑް، ގައިޑް، ކަބްސްކައުޓް، ސްކައުޓް ކުދިންގެ ފަސްޓް އެއިޑް ސެޝަންތައް ނަގައިދިނުން.

8. ދަރިވަރުން ބައިވެރިވާ ކުޅިވަރު މުބާރާތްތަކާއި ކޭމްޕްތަކުގައި ފަސްޓްއެއިޑެއްގެ ރޯލް އަދާކުރުން.

9. ސްކޫލުގައި ދަރިވަރަކަށް ބޮޑު ޞިއްޙީ މައްސަލައެއް ދިމާވެގެން ހޮސްޕިޓަލަށް ގެންދަންޖެހޭފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެކަން ކުރެވޭނޭ އިންތިޒާމު އަބަދުވެސް ހަމަޖައްސާފައި ބެހެއްޓުން.

10. ދަރިވަރުންނަށް ދެވޭ ފަނިބޭހާއި ވިޓަމިން އޭ ކެޕްސޫލް ގަވާއިދުން ދިނުމަށްފަހު، ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

11. ކޮންމެ އަހަރެއް ނިމުމުން، ސްކޫލުގައި ހިންގުނު ހެލްތު ޕްރޮގްރާމާބެހޭ މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައިއޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 23 ވާބުރާސްފަތިދުވަހުގެ 14:00 ގެ ކުރިންނެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3008736 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

07 ރަމަޟާން 1437

12 ޖޫން 2016