ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS83/2016/20
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 22 ޖޫން 2016 13:30
މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީ. އެސް 4

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

 މަޤާމުގެ ގިންތި:

 ދާއިމީ

އޮފީސް:

ހއ މުރައިދޫ ސްކޫލް

 

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,500ރުފިޔާ

މަޤާމުގެ ޝަރުޠު:

  •  އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  •  މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސީނިއަރ މެނޭޖްމެންޓުގެ އޯވަރޓައިމް ކަންތައް ބެލެހެއްޓުން.
  • ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންގެ އަހަރީ ޗުއްޓީއާއި ސަލާމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  • މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • އެގްރީމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.
  • އެންޓްރީ ކުރުމާއި ސިޓީ، މެސެޖު ޔައުމިއްޔާ ފަދަ ތަކެތި ލިޔުމާއި އެ ލިޔެކިޔުންތަކުގެ ރެކޯޑު ބެލެހެއްޓުން.
  • ސްކޫލަށް ކުއްޔަށް ހިފާ ތަންތަނާއި ތަކެއްޗާއި އަންދާސީހިސާބުގެ އުސޫލުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށް ތަކެތި ދޫކުރުމާއި އަނބުރާ ގެނައުމުން އެތަކެތި ބަލައިގަނެ އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  • އިދާރީ ކަންތައްތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން.
  • ސްކޫލުގެ ރަސްމީ ދަތުރުތަކުގައި ރަށުން ބޭރަށް ދިޔުން.
  • ސްކޫލަށް ގެންނަންޖެހޭ މުދާ، ޓެކްސްޓްފޮތާއި ގޮނޑި، ޑެސްކު، މޭޒު ފަދަ ތަކެތި ގެނައުމަށް ރަށުން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ޖޫން 22 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ހއ މުރައިދޫ ސްކޫލުގެ އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

- އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުން:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.

- މަސައްކަތަށް ޝައުޤުވެރިކަންހުރި މިންވަރު.

- އުމުރުން 55 އަހަރުނުވާ މީހަކަށްވުން.

- މަސައްކަތުގެ ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް.

އިންޓަރވިއު ކުރުން:

މި  މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި  ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަރވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6500537 ނަންބަރު ފޯނާއެވެ.

08 ރަމަޟާން 1437
13 ޖޫން 2016