ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)1-FA(B)/1/2016/26
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 19 ޖޫން 2016 11:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހުގެ ބޭނުމަށް އެއަރކޮންޑިޝަން 2 ސެޓް ގެނެސް، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އެއަރކޮންޑިޝަން 2 ސެޓް ގެނެސް، އިންސްޓޯލް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ

މިއޮފީހުގެ ބޭނުމަށް އެއަރކޮންޑިޝަން 2 ސެޓް ގެނެސް، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް، މިއޮފީހުގެ ނަންބަރު (IUL)1-FA(B)/1/2016/24 (7 ޖޫން 2016) އިޢުލާނާ ގުޅިގެން، ހުށަހަޅާފައިވާ އަންދާސީހިސާބުގައިވާ އަގު، އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

9 ރަމަޟާން 1437

14 ޖޫން 2016