ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 198-F/2016/73
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 19 ޖޫން 2016 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ވޭނެއް ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި ޑިޕާޓްމަންޓަށް އެއްގަމު ދުއްވާ އުޅަނދެއް ގަންނަން ބޭނުންވެގެން ކުރެވުނު 198-F/2016/52 ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކަމާބެހޭ މަޢުލޫމާތު ޝީޓު މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 3006213 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 13:30 ގައި މި ޑިޕާޓްމަންޓުގައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

08 ރަމަޟާން 1437

13 ޖޫން 2016