ކުއްޔަށް ހިފުން
ނަންބަރު: 116-K1/IL/2016/42
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި:
19 ޖޫން 2016 10:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުވައްޒިފުން ބޭތިއްބުމަށް ތަނެއް ކުއްޔަށް ހިފުމާބެހޭ
އިޢުލާނު
މުވައްޒިފުން ބޭތިއްބުމަށް އިމާތާރެއް ކުއްޔައް ހިފުމާބެހޭ
މި ކުންފުނީގެ 25 މުވައްޒަފުން ބޭތިއްބުމަށް އިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު 116-KI / IL / 2016 / 39 (07 ޖޫން 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރުމަށް މީހުން ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިފަދަ އިމާރާތެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި ކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޖޫން 20 ވާ ހޯމަ ދުވަހު 10:00 އަށް މި ކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
08 ރަމަޟާން 1437
13 ޖޫން 2016