ދިވެހިރާއްޖެ
މަޤާމު: |
އިމިގްރޭޝަން އޮފިސަރ ޓްރެއިނީ |
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން: |
CS2/ އިމިގްރޭޝަން އޮފިސަރުން |
ބޭނުންވާ އަދަދު: |
12 |
މުސާރަ: |
-/6500 ރ |
ސަރވިސް އެލަވަންސް: |
މާލެގައި ނަމަ ހާޒިރުވާ ކޮންމެ ދުވަހަކަށް -/90 ރުފިޔާ ޕޯޓުތަކުގައި ނަމަ ހާޒިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާ |
ސްޕެޝަލް ސަރވިސް އެލަވަންސް |
މުސާރައިގެ %35 (ވަޒީފާ ދާއިމީ ވުމުން) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މާލެ ސަރަޙައްދުގެ އިމިގްރޭޝަން އޮފީސްތަކުގައި ދައުރުވާ ގޮތަށް (އިމިގްރޭޝަނުން އެ ވަގުތެއްގައި ކަނޑައަޅާ ސެކްޝަނެއްގައި) |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
|
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުމާއެކު، ސާނަވީ އިމްތިޙާނު 4 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އުމުރުން 25 އަހަރު (އިޢުލާން މުއްދަތު ހަމަވާއިރު) ފުރިފައިނުވުން. އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ޞިއްޙީ ޤާބިލުކަން ލިބިފައިވުން. (އިންޓަރވިއުއިން ފާސްވެ ވަޒީފާ ހަމަޖެއްސުމަށް ފޮނުވުމުގެ ކުރީން މެޑިކަލް ޗެކަޕް ހައްދަންވާނެއެވެ). ނޯޓު: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މާރކްސް ދިނުމުގައި، އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރަށްވުރެ މަތީ ސެޓުފިކެޓު ހުށަހެޅި ކަމުގައިވިޔަސް މާރކްސް ދިނުމުގައި ބަލާނީ އަސާސީ ޝަރުޠަށް އެކަންޏެވެ. މި މަޤާމަށް މަސައްކަތުގެ ތަޖުރިބާ މިބައި ހިމަނާފައިނުވާނެއެވެ. މި މަޤާމަށް ހޮވާ މުވައްޒަފުން ހޮވޭނީ ކޮންޓްރެކްޓް އުސޫލުން މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ކޮންޓްރެކްޓްގެ މުއްދަތުގައި ބޭސިކް ޓްރޭނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަކުގެ ވަޒީފާ ދާއިމީ ކޮށްދެވޭނެއެވެ. އަދި 6 މަސްދުވަހުގެ ޓްރޭނިންގ ނިންމުމަށްފަހު ދާއިމީ މަޤާމަށް ބަދަލު ކުރެވޭ އިރު މުވައްޒަފުންގެ މަޤާމަށާއި މުސާރައަށް ބަދަލު އަންނާނެއެވެ. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން |
|
އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ ތަން އަދި މުއްދަތު |
މި މަޤާމަށް މުވައްޒަފުން ހޮވުމަށް ބޭއްވޭ އިންޓަވިއު 03 ޖުލައި 2016 އާއި 21 ޖުލައި 2016 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި އަދި އިމްތިޙާންކުރުން ކުރިއަށް ގެންދަވާނީ މި އިދާރާއިން ކަނޑައަޅާ (މަދުވެގެން 3) މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ. |
ސުންގަޑި |
2015 ޖޫން 13 ވާ ހޯމަދުވަހުން ފެށިގެން 2015 ޖޫން 27 ވާ ހޯމަދުވަހުގެ ނިޔަލަށް 2015 ޖޫން 27 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މޯލްޑިވްސް އިމިގްރޭޝަން އަށް (ހ. ވެލާނާގެ / 1ވަނަ ފަންގިފިލާ) |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ސްކްރީނިން |
|
ޝޯޓް ލިސްޓްކުރުން |
ޝޯޓް ލިސްޓުކުރުން ގެންދާނީ 3 މަރުޙަލާއަކަށް ބަހާލެވިގެންނެވެ. ފުރަތަމަ މަރުޙަލާ: އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓުތަކަށް މަރކްސް ދިނުން ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 100 އަށްވުރެ ގިނަނަމަ، އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭ 100 ފަރާތާއެވެ. ދެވަނަ މަރުހަލާ : ޕްރިލިމިނަރީ އިންޓަވިއު ދިވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން. ތިންވަނަ މަރުހަލާ : ޕްރިލިމިނަރީ އިމްތިޙާން މި އިމްތިޙާނަކީ މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތަކާގުޅޭ އާންމު މަޢުލޫމާތު އަދި އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކަށް ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތައް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ދެވޭ އިމްތިޙާނެކެވެ. (މި އިދާރާ ގެ މަސައްކަތްތަކާއި އަދި އިމިގްރޭޝަންގެ ޤާނޫނާއި ގަވާއިދުތަކުގެ މަޢުލޫމާތު މި އިދާރާގެ ވެބްސައިޓް www.immigration.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. |
ފައިނަލް |
ތަޢުލީމު: ލޯއެންފޯސްމަންޓާއި އިމިގްރޭޝަނާ ގުޅުން ހުރި ދާއިރާތަކުން ހޯދާފައިވާ އެކްރެޑިޓެޑް ސެޓުފިކެޓު. ތަމްރީން: ލޯ އެންފޯސްމަންޓާއި އިމިގްރޭޝަނާ ގުޅުން ހުރި ދާއިރާތަކުން ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ތަމްރީންތައް. ހުނަރު: ފައިނަލް އިންޓަވިއު އަދި ސައިކޯމެޓްރިކް ޓެސްޓް. ފައިނަލް ސިލެކްޝަނަށް ހޮވޭނީ ޕްރިލިމިނަރީ އިންޓަވިއު އިން އެންމެ މަތިން މާރކްސް ލިބޭ، އިޢުލާން ކުރި އަދަދުގެ ތިން ގުނަ އަދަދަށެވެ. ވަޒީފާއަށް ހޮވޭނީ ސެލެކްޝަން ޕްރޮސެސް އިން މަދުވެގެން ޖުމުލަ %45 (ސާޅީސް ފަހެއް) އިންސައްތަ ލިބޭ ފަރާތްތަކެވެ. |
އިތުރު މަޢުލޫމާތު: |
މި އޮފީހުގެ 3330410 އަދި 3330411 ނަންބަރު ފޯނުން މަޢުލޫމާތު ސާފުވާނެއެވެ. |
07 ރަމަޟާން 1437