ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/23/2016/43
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 23 ޖޫން 2016 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު

ފައިނޭންސް އޮފިސަރ

މީހުން ބޭނުންވާ އަދަދު

01

ކޮންޓްރެކްޓްގެ މުއްދަތު

3 މަސް

މުސާރަ

މަހަކު -/12,000  ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ތަޢުލީމާއި ތަޖުރިބާ

  1. މަތީ ސާނަވީ ތައުލީމު ހާސިލުކޮށްފައިވުމާއެކު، ޕްރޮޖެކްޓް ފައިނޭންސް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 2 އަހަރާއި 5 އަހަރާ ދެމެދުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  2. ރިސާޗް ފީލްޑްގައި މަދުވެގެން 6 މަސްދުވަހާއި 1 އަހަރާ ދެމެދުގައި މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

(އެޗް.އައި.ވީ / ރިސްކް ގްރޫޕްތަކާ ގުޅުންހުރި ޕްރޮޖެކްޓެއްގައި މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- މާލިއްޔަތާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ސާރވޭގެ ބަޖެޓް ބެލެހެއްޓުން.

- ސާރވޭގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވައި ފައިސާގެ މުޢާމަލާތްތައް ބެލެހެއްޓުން.

- ސާރވޭ މަސައްކަތުގެ ތެރޭގައި ލިބޭ ބިލްތަކަށް، އެ ބިލެއްގައިވާ މުއްދަތަށް ގަވާއިދުން ފައިސާ ދެއްކުން

- ބަޖެޓުން ޚަރަދުކުރަންޖެހޭ ފައިސާ ޚަރަދުކުރުމުގައި ވައުޗަރ ތައްޔާރުކުރުމާއި، ވައުޗަރަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް، ގަވާއިދާ އެއްގޮތަށް ޚަރަދުކުރުން.

- ފީލްޑް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ އިދާރީ މަސައްކަތްތައް ކޯޑިނޭޓް ކުރުމުގައި އެހީތެރިވުން.

މަޤާމު

ފީލްޑް އޮފިސަރ

މީހުން ބޭނުންވާ އަދަދު

01

ކޮންޓްރެކްޓްގެ މުއްދަތު

3 މަސް

މުސާރަ

މަހަކު -/12,000  ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ތަޢުލީމާއި ތަޖުރިބާ

  1. ސާނަވީ އިމްތިޙާން ނުވަތަ މަތީ ސާނަވީ އިމްތިޙާން ފުރިހަމަ ކޮށްފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  2. ރިސާޗް ފީލްޑްގައި މަދުވެގެން 6 މަސްދުވަހާއި 1 އަހަރާ ދެމެދުގައި މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

(އެޗް.އައި.ވީ / ރިސްކް ގްރޫޕްތަކާއި ގުޅުންހުރި ޕްރޮޖެކްޓެއްގައި މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ސާރވޭގެ ފީލްޑް މަސައްކަތް ކުރިއަށްގެންދިއުން

- ފީލްޑް މަސައްކަތް ރޭވިފައިވާ ގޮތައްކުރިއަށް ގެންދިއުމަށްޓަކައި އެން.ޖީ.އޯތަކާ ގުޅިގެން ކުރާ ތައްޔާރީ މަސައްކަތްތައް ކުރިއަށް ގެންދިއުން.  

- ފީލްޑް މަސައްކަތް ޕްލޭންކުރުމާއި މޮނިޓަރކުރުން.

- ފީލްޑް މަސައްކަތް ކުރިއަށް ގެންދިއުމަށްތަކައި ބޭނުންވާ އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި އަދި ލިޔެކިއުންތަކާއި ރިޕޯޓުތައް ތައްޔާރުކުރުން.

- ފީލްޑް ޓީމުތައް އެކުލަވައިލުމާއި އަދި ޓީމުތަކުން ކުރާ މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަނަވަރު (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  4. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރިފަރެންސް ލިޔުމުގެ ކޮޕީ

ސުންގަޑި

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 00:13 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގައި) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ޖުލައިމަހުގެ ކުރީކޮޅުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގގައި)

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- މި ވަޒީފާގެ "ޓީ އޯ އާރ" މިމިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014437 އެވެ.

13 ޖޫން 2016