ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ (ބިޒްނަސް ސްޓަޑީޒް މާއްދާގެ ކަރިކިޔުލަމް ޑިވެލޮޕްކުރަން)
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
ސަރވިސް އެލަވަންސް: މަހަކު -/3500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ވަޒީފާ އަދާކުރާ ތަނާއި ރަށް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ (ޑިޕާޓްމަންޓް އޮފް ކަރިކިޔުލަމް ޑިވެލޮޕްމަންޓް)
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤައުމީ މަންހަޖު އެކުލަވައިލުމާއި ތަރައްޤީކުރުމާއި ތަންފީޒުކުރުމަށް އޮފީހުން ކުރާ މަސައްކަތުގެ ބައިވެރިއެއްގެގޮތުން މަސައްކަތްކުރުން.
2- ސްކޫލްތަކަށް ގޮސް ބިޒްނަސް ސްޓަޑީޒް މާއްދާގެ މަންހަޖު ތަންފީޒުކުރާގޮތް ބެލުން:
(ހ) ޓީޗަރުން ބޭނުންވާ ކަންކަން ފާހަގަކޮށް، އެކަންކަމުގައި އެހީތެރިވުމުގެގޮތުން އުފައްދަންޖެހޭ ތަކެތި އުފެއްދުމާއި، އުފައްދާފައިވާ ތަކެއްޗަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހުށަހެޅުން.
(ށ) ބިޒްނަސް ސްޓަޑީޒް މާއްދާގެ މަންހަޖު ތަންފީޒުކުރުމަށްޓަކައި ޓީޗަރުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ރާވައި ހިންގުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން.
3- ބިޒްނަސް ސްޓަޑީޒް މާއްދާ ކިޔެވުމާއި ކިޔަވައިދިނުމުގައި ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރާނެ ތަކެތި އުފެއްދުމުގެ މަސައްކަތް ކުރުން.
4- ސްކޫލްތަކާއި ބިޒްނަސް ސްޓަޑީޒް މާއްދާގެ ފަންނީ މާހިރުންގެ މަޝްވަރާއާއެކު މާއްދާގެ ފޮތްތަކާއި ކިޔެވުމާއި ކިޔަވައިދިނުމުގެ އެހީތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.
5- ޚިދުމަތުގައި ތިއްބަވާ ޓީޗަރުންނާއި އަލަށް ޚިދުމަތަށް ނުކުންނަވާ ޓީޗަރުން ބިޒްނަސް ސްޓަޑީޒް މާއްދާގެ މަންހަޖަށާއި، މަންހަޖު ތަންފީޒުކުރުމަށް ބޭނުންކުރާ ވަސީލަތްތަކަށް އަހުލުވެރިކުރުވުމުގެގޮތުން ހިންގަންޖެހޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުން.
6- ބިޒްނަސް ސްޓަޑީޒް މާއްދާގެ ޕެނަލް ބައްދަލުވުންތައް ބޭއްވުން.
7- ބިޒްނަސް ސްޓަޑީޒް މާއްދާއާ ގުޅިގެން ބޭރުގެ އެހީތަކުން ލިބޭ ޕްރޮޖެކްޓް މަސައްކަތުގައި އެހީތެރިވެދިނުން.
8- ކަރިކިއުލަމް ޑިވިޜަންގެ ފަންނީކަންކަމާއި އިދާރީ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ދިނުން.
މަޤާމުގެ ޝަރުޠު:
މަޤާމް |
|
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ |
MS3 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4 |
ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
މަހަކު -/7،035 ރުފިޔާ |
މަހަކު -/3،500 ރުފިޔާ |
MS4 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5 |
ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
މަހަކު -/7،875 ރުފިޔާ | ||
EX1 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6 |
ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
މަހަކު -/8،835 ރުފިޔާ |
||
EX2 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7 |
ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
މަހަކު -/9،890 ރުފިޔާ |
||
EX3 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8 |
ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
މަހަކު -/11،065 ރުފިޔާ | ||
EX4 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9 |
ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
މަހަކު -/12،400 ރުފިޔާ |
||
EX5 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10 |
ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
މަހަކު -/13،890 ރުފިޔާ |
||
EX6 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11 |
ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
މަހަކު -/15،560 ރުފިޔާ |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއުއަށް ބަލައިގެން.
ރ- މި މަޤާމަށް ދެވޭ އިމްތިޙާނަށް ބަލައިގެން.
ބ- ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ.
ޢިނާޔަތްތައް:
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހަކު ހޮވުމަށް ކުރާ އިންޓަވިއު އޮންނާނީ، 22 ޖޫން 2016 އާއި 30 ޖޫން 2016 އާ ދެމެދުގެ ތާރީޚެއްގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގައެވެ.
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިންސްޓިޓިއުޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިންސްޓިޓިއުޓުގެ www.nie.edu.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ)
ނ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ރ- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ކ- ދިވެހި ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ ޣާޒީ ބިލްޑިންގު (2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 21 ވަނަ ދުވަހުގެ 13:30 އެވެ.
އިތުރު މަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ 3323242 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
7 ރަމަޟާން 1437