ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FNK-K(T)/FNK/IUL/2016/063
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 20 ޖޫން 2016 00:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފެނުގެ ނިޒާމަށް ބޭނުންވާ ތަކެތި ގަތުމާބެހޭ

ފެނުގެ ނިޒާމަށް ބޭނުންވާ ތަކެތި ގަތުމާބެހޭ

މިކުންފުނީގެ ސ.ހިތަދޫ ބްރާންޗުގެ ފެނުގެ ނިޒާމު ޤާއިމު ކުރުމަށް ބޭނުންވާ ތަކެތި ހޯދަން ބޭނުންވެއެވެ. އަގު ހުށަހަޅުއްވާނީ ޑޯރުސްޓެޕް ޑެލިވަރީއަށެވެ.

ބިޑާ ގުޅޭ މަޢުލޫމާތު ކަރުދާސް 2016 ޖޫން 13 ން 16 ގެ ނިޔަލަށް ރަސްމީގަޑީގައި 10:30 އިން 13:30 މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. ނުވަތަ މި ކުންފުނީގެ ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ޑިވިޜަންގެ ރަސްމީ މެއިލް [email protected] ނުވަތަ [email protected] އަށް ރިކުއެސްޓް ކުރުމުން މަޢުލޫމާތު ކަރުދާސް މެއިލް ކުރެވޭނެއެވެ. މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި މަޢުލޫމާތު ކަރުދާސް ދޫކުރެވޭ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 20 ވާ ބުދަ ދުވަހުގެ 12:00 ގައި މި ކުންފުނީގެ ހެޑްއޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވަހަކަ ދަންނަވަމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

08 ރަމަޟާން 1437

13 ޖޫން 2016