ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FNK-K(T)/FNK/IUL/2016/064
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 19 ޖޫން 2016 00:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑީސަލް ބައުޒަރުގެ ކެބިނެއް ހޯދުމާބެހޭ

އިޢުލާން

ޑީސަލް ބައުޒަރުގެ ކެބިނެއް ހޯދުމާބެހޭ

މި ކުންފުނީގެ ލ. ގަމާއި ފޮނަދޫއަށް ޑީސަލް އެޅުމަށް ބޭނުންކުރާ ޑީސަލް ބައުޒަރު (ބައުޒަރު މޮޑެލް ނަންބަރު: FT418NS އިންޖީނު: MITSUBISHI) މަރާމާތުކުރުމަށް ސެކަންޑް ހޭންޑް ކެބިނެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ މި ކުންފުނީގެ ހެޑްއޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

08 ރަމަޟާން 1437

13 ޖޫން 2016