ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)14-E1/1/2016/31
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 20 ޖޫން 2016 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1 ގެ މަޤާމުގައި ކޮންޓްރެކްޓް އުޞޫލުން 1 އަހަރުދުވަހުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ މީހަކު ހޯދުން

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މި އޮފީހުގެ ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1 މަޤާމުގައި ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ މީހަކު ހޯދުމަށްޓަކައި 31 މޭ 2016 ގައި ކުރެވުނު (IUL)14-E1/1/2016/27  ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލައިފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް، މި އޮފީހުގެ ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1 މަޤާމަށް ކޮންޓްރެކްޓް އުޞޫލުން 1 އަހަރުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

މަޤާމް: ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1

މުސާރަ: މަހަކު -/4,000 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/3,500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35  (-/1,400 ރުފިޔާ)

ކޮއްތު ފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ 

އިތުރު ޢިނާޔަތްތައް: އިތުރުގަޑީގެ ފައިސާއާއި، ބަންދު ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް، ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ލިބޭނެއެވެ. 

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާލެއާއި ރާއްޖެތެރޭގެ ކަސްޓަމްސް އޮފީސްތައް

މައިގަނޑުގޮތެއްގައި ކުރަންޖެހޭ މަސައްކަތް: ކަސްޓަމްސްގެ ފަރާތުން ކުރަންޖެހޭ އެންމެހައި ދަތުރުތައް ކުރުމާއި، ކަސްޓަމްސްގައި ބޭނުންކުރާ ވެހިކަލްތައް ސާފުކޮށް ބެލެހެއްޓުމާއި، ކަސްޓަމްސް އޮފީސްތަކުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުމާއި، ކަސްޓަމްސްގެ އެންމެހައި ސެކްޝަންތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން. 

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:  

- ލިޔަންކިޔަން ދަތުމާއެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

- މި މަޤާމަށް މީހަކު ހޮވުމުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ (A0,A1,B1,C1) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކާއި، ވެހިކަލް ރިޕެއަރކުރުމުގެ މަސައްކަތުގައި އުޅެފައިވާ ފަރާތްތަކާއި، އިލެކްޓްރިކް މަސައްކަތާއި ފެންވައިރިންގގެ މަސައްކަތް ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. 

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު ކޮޕީ)
  3. ސްކޫލުގެ ލީވިންގ ސެޓުފިކެޓު
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ

ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖޫން 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފަރާތުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރުމަށްފަހު، ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި ފޯމު، މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ، www.customs.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނެއެވެ.

8 ރަމަޟާން 1437

13 ޖޫން 2016