ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)438-RDS/1/2016/86
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 28 ޖޫން 2016 11:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ށ.މިލަންދޫ، ށ. ކޮމަންޑޫ، ށ. މާއުނގޫދޫ، ށ. މަރޮށި އަދި ށ. ގޮއިދޫ ގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް ކާދުހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ރަށްރަށުގައި ވޭސްޓް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ހިންގާ "ސާފު ރާއްޖެ- ޒޯން 1 ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ މަޝްރޫޢު" ގެ ދަށުން ކުނި މެނޭޖުކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް 2016 ވަނަ އަހަރު ވަނީ ފަށާފައެވެ.

ވީމާ، މި މަޝްރޫޢުގެ ދަށުން ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. މާއުނގޫދޫ، ށ. މަރޮށި އަދި ށ. ގޮއިދޫގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޑަސްބިން ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް ބޭނުންވާ އިކުއިޕްމަންޓްގެ ތަފުސީލު މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސްގައި ބަޔާންކުރެވިފައިވާނެއެވެ.

މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑުކުރެވެން ހުންނާނެއެވެ.

ހުށަހަޅަންވީ ތަކެތި

  • އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށްދޭ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ޓެކްނިކަލް ސްޕެސިފިކޭޝަން (ޓަރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާ ތަކެތި ވަކިވަކިން އެނގޭނެގޮތަށް)
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތުކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ނުވަތަ އެހެނިހެން މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތްކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި ފާއިތުވެދިޔަ ފަސްއަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކުގެ ލިޔުންތަކަށް އިސްކަންދެވޭނެއެވެ. އަދި މާކްސް ދިނުމުގައި މިފަދަ މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ކުންފުނީގެ މާލީ ހާލަތު ބަޔާންކުރާ ލިޔުން ހުށަހަޅަންވާނެއެވެ.
  • ބީލަން ހުށަހަޅާއިރު މި މަސައްކަތަށް އަގުކުރެވޭ އަދަދުގެ މަސައްކަތްކޮށްފައިވާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • މި މަސައްކަތް ކުރިއަށް ގެންދާނެ ތާވަލެއް (ވާރކް ޕްލޭނެއް) ހުށަހަޅަންވާނެއެވެ. އަދި މި މަސައްކަތްކުރުމުގައި ޝާމިލްވާނެ މުވައްޒަފުންގެ މަސައްކަތް ބެހިފައިވާގޮތުގެ ތާވަލެއް ހުށަހަޅަންވާނެއެވެ.

މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް:

  • ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު:  60 އިންސައްތަ
  • ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު: 20 އިންސައްތަ
  • މަސައްކަތު ތަޖުރިބާ: 20 އިންސައްތަ
  • މަސައްކަތު ތަޖުރިބާއަށް މާކްސް ދެވޭނީ މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތްކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ރަޖިސްޓަރީކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ކުރިއަށްދާނީ 13 ޖޫން 2016 ން 27 ޖޫން 2016 އަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 10:00 ން 14:00 އާ ދެމެދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ރިސެޕްޝަނުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބިޑު ހުޅުވުން:

މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 11:30 އަށް ބީލަން ފުރިހަމަކުރުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ މަތީގައި "ސިއްރު" ޖައްސަވާ، ޕްރޮޕޯޒަލްގެ ހާޑްކޮޕީ އަދި ސޮފްޓްކޮޕީ (ސީޑީގައި) ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދި ދެންނެވީމެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. މާއުނގޫދޫ، ށ. މަރޮށި އަދި ށ. ގޮއިދޫއަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޑަސްބިން ފޯރުކޮށްދިނުމާބެހޭ އިޢުލާން ނަންބަރު: (IUL)438-RDS/1/2016/86

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ (20392)، ދިވެހިރާއްޖެ.

އީމެއިލް: [email protected] , Ibrahim.rishad@environment.gov.mv

ވެބްސައިޓް: www.environment.gov.mv

13 ޖޫން 2016