މަސައްކަތް
ނަންބަރު: (IUL)230-AHI/230/2016/16
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 16 ޖޫން 2016 11:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔަމަހާ ފޯރ ސްރޯކް ( 250 ހޯސްޕަވަރގެ ) 02 އިންޖީނު ހޯދަން

އިޢުލާން

މި އިދާރާގައި ބޭނުންކުރަމުންދާ '' ހަނިފަރު '' ލޯންޗުގައި ހުރި ދެ އިންޖީނުގެ ބަދަލުގައި އަލުން އެޅުމަށް ބޭނުންވާ، ޔަމަހާ ފޯރސްރޯކް ( 250 ހޯސްޕަވަރގެ ) 02 އިންޖީނު ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ބްރޭންޑުގެ 02 އިންޖީނު ވިއްކަން ބޭނުންފުޅުވާ ފަރާތްތަކުން 16 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޖޫން 2016 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅުއްވާ އަންދާސީހިސާބުގައި އިންޖީނެއް ވިއްކޭނެ އަގަކާއި މުއްދަތު ބަޔާންކުރަންވާނެއެވެ.

އަދި ދަންނަވަމެވެ. މިކަމަށް މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުންނާއި، ކަނޑައެޅިފައިވާ ގަޑީގައި އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ރަމަޟާން 1437

09 ޖޫން 2016