މަސައްކަތް
ނަންބަރު: (IUL)13-K1/13/2016/98
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 29 ޖޫން 2016 11:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު:

1. މިނިސްޓްރީ އޮފް ޔޫތު އެންޑް އެންޑް ސްޕޯޓްސްގެ ބޭނުމަށް، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL) 13-K1/13/2016/45 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

މަސައްކަތް

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިއުރިޓީ އަދަދު

ގދ. ނަޑެއްލާ ސްޕޯޓްސް އެރީނާ (ފުޓްސަލް ގްރައުންޑް، ވޮލީބޯލްކޯޓް އަދި ބަށިކޯޓް)

TES/2016/W-40-R01

-/20،000 ރުފިޔާ

ގދ. ރަތަފަންދޫ ސްޕޯޓްސް އެރީނާ (ފުޓްސަލް ގްރައުންޑް، ވޮލީބޯލްކޯޓް އަދި ބަށިކޯޓް)

TES/2016/W-39-R01

-/20،000 ރުފިޔާ

ގދ. ހޯޑެއްދޫ ސްޕޯޓްސް އެރީނާ (ފުޓްސަލް ގްރައުންޑް، ވޮލީބޯލްކޯޓް އަދި ބަށިކޯޓް)

TES/2016/W-38-R01

-/20،000 ރުފިޔާ

ގދ. ފިޔޯރީ ސްޕޯޓްސް އެރީނާ (ވޮލީބޯލްކޯޓް އަދި ބަށިކޯޓް)

TES/2016/W-44-R01

-/5،000 ރުފިޔާ

ގއ. މާމެންދޫ ސްޕޯޓްސް އެރީނާ (ފުޓްސަލް ގްރައުންޑް، ވޮލީބޯލްކޯޓް)

TES/2016/W-37-R01

-/20،000 ރުފިޔާ

ގއ. ގެމަނަފުށި ސްޕޯޓްސް އެރީނާ (ފުޓްސަލް ގްރައުންޑް އަދި ބަށިކޯޓް)

TES/2016/W-36-R01

-/17،000 ރުފިޔާ

ގއ. ދެއްވަދޫ ސްޕޯޓްސް އެރީނާ (ފުޓްސަލް ގްރައުންޑް، ވޮލީބޯލްކޯޓް އަދި ބަށިކޯޓް)

TES/2016/W-34-R01

-/20،000 ރުފިޔާ

ގދ. ތިނަދޫ ސްޕޯޓްސް އެރީނާ (ބަށިކޯޓް 2)

TES/2016/W-35-R01

-/5،000 ރުފިޔާ

2. ބީލަން ހުށަހަޅާއިރު ތާވަލުގައި ހިމެނޭ ހުރިހާ މަސައްކަތްތަކަށް އަގު ހުށަހަޅަންވާނެއެވެ.

3. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑުތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠުހަމަވާ ފަރާތްތަކަށެވެ.

GC01-1 ,GC01-2 އަދި 03-GC01

4. މި ބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 12 ޖޫން 2016 ން 28 ޖޫން 2016 އަށް،  ބަންދުނޫން ކޮންމެ ދުވަހަކު 10:30 ން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5 ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީ މަތީގައިވާ ތާވަލުގައިވާ އަދަދަށް ކޮންމެ މަސައްކަތަކަށް ވަކިން ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕަރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2016 ޖޫން 29 ވާ ބުދަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަން،

  މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

  އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

  ފޯން: 3349102، 3349106

  ފެކްސް: 3320706، 3324432

  އީމެއިލް: [email protected]

  ކޮޕީ: [email protected]

09 ޖޫން 2016