ދިވެހިރާއްޖެ
އިޢުލާން
ޑްރަގް ކޯޓަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ ތަކެތި މި ކޯޓަށް ގަންނަން ބޭނުންވެއެވެ. ވީމާ، މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
# |
ބޭނުންވާ ތަކެތި |
އަދަދު |
01 |
ނަން ބޯޑު (ނަމޫނާއާ އެއްގޮތަށް) |
7 |
މާކްސް ދޭނެ ގޮތް:
- އަގަށް : %70 ( އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަޕޮއިންޓް)
- ޑެލިވަރީ މުއްދަތު : (އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)
- ތަޖުރިބާ : (2011 ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2016 ވަނަ އަހަރުގެ މޭމަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކަށް މިފަދަ ތަކެތި އެންމެގިނައިން ސަޕްލައިކޮށްދީފައިވާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- އަންދާސީހިސާބު ހުށަހަޅޭނީ ލިސްޓު ކުރެވިފައިވާ ހުރިހާ އައިޓަމްތަކައް އެއް އަންދާސީހިސާބެވެ.
- ޖީ.އެސް.ޓީ. އަށްވާ އަދަދު ވަކިން އެނގޭނެހެން ޖުމުލަ އަގު ހުށަހެޅުން
- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
- އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާން ކޮށްފައިވާ ހާލަތެއް ދިމާވާނަމަ، އެ މާއްދާގައި ބުނާ ފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅަން ވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ ހުށަހެޅުން.
- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީ.އެސް.ޓީ.އަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓުފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ.
- ހުށަހެޅިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
- އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން.
- ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސްތަކުގައި ކޮށްފައިވާ ގޮތާ ގުޅޭގޮތުން އެ އޮފީސްތަކުން ދީފައިވާ ރެކޮމެންޑޭޝަން ލެޓަރ ފަދަ ލިޔުންތަކަށެވެ.
- ކުންފުންޏެއް ނަމަ އެ ކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓު ހުށަހަޅަންވާނެއެވެ.
އަންދާސީހިސާބު ހުށަހެޅުން
އަންދާސީހިސާބު 2016 ޖޫން 30 ވަނަ ދުވަހުގެ 11:30 އަށް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި "ނަން ބޯޑު ހެދުމަށް އެދި" ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
ޑްރަގް ކޯޓް
ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ޔުނިޓް
މާލެ، ދިވެހިރާއްޖެ
އަންދާސީހިސާބު ހުޅުވުން
އަންދާސީހިސާބު ހުޅުވާނީ 30 ޖޫން 2016 ވަނަ ދުވަހުގެ 11:30 ގައި ޑްރަގް ކޯޓުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މީޓިންގ ރޫމުގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކާ އެއް ހާޒިރުގައެވެ.
8 ރަމަޟާން 1437