މަސައްކަތް
ނަންބަރު: GS07/IUL/2016/19
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 16 ޖޫން 2016 11:15
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބޯފެން ރައްކާކުރާ ހަންތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިމަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަދަރުސާގައި ބަހައްޓާފައިވާ ބޯފެން ރައްކާކުރާ ހަންތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 11:15 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖޫން 2016 ވާ ހޯމަ ދުވަހުގެ 11:15 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއާއެކު ހުށަހެޅުއްވުމުން ޤަބޫލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމަދަރުސާގެ ނަންބަރު 6560019 އާ ގުޅުއްވުން އެދެމެވެ.

08 ރަމަޟާން 1437

13 ޖޫން 2016