ވަޒީފާގެ ފުރުޞަތު
ނަންބަރު: GS114/2016/20-A
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:23
ސުންގަޑި: 21 ޖޫން 2016 12:00
މާޅެންދޫ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަދަރުސާއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: ރިލީފް ޓީޗަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު:

އެސް. އެސް. އީ. އިމްތިޙާނުގެ ދެ މާއްދާއިން ސީ ގްރޭޑް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުމާއެކު، އޯލެވެލް އިމްތިޙާނުގެ ދެ މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.

މުސާރަ:

                                                   މުސާރަ               ސަރވިސް އެލަވަންސް

   * ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވާ ރިލީފް ޓީޗަރުންނަށް         މަހަކު -/3،565 ރުފިޔާ        މަހަކު -/1،500 ރުފިޔާ

   * ސާނަވީ ތަޢުލީމް ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު

       މާއްދާއިން ފާސްވެފައިވާ ރިލީފް ޓީޗަރުން               މަހަކު -/4،000 ރުފިޔާ        މަހަކު -/1،500 ރުފިޔާ

   * ކިޔަވައިދިނުމުގެ ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން      މަހަކު -/7،070 ރުފިޔާ         މަހަކު -/2،500 ރުފިޔާ  

 އިތުރު ޢިނާޔަތްތައް:

 އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހޭ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

މި  މަޤާމަށް  އެދޭ  ފަރާތްތަކުން،  2016  ޖޫން  21  ވާ  އަންގާރަ  ދުވަހުގެ  12.00  ގެ  ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މި މަދަރުސާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސަރުކާރު ބަންދުނޫން ދުވަސްދުވަހުގެ ރަސްމީގަޑީގައި މި މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

އިންޓަވިއު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ ކުރެވޭ އިންޓަވިއު، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި އޮންނާނެއެވެ.

8 ރަމަޟާން 1437

13 ޖޫން 2016