ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)240-CA/240/2016/66
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 23 ޖޫން 2016 14:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުވެރި

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ފަޅުވެރި      

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ރޭންކް:

SS2

މުސާރަ:

މަހަކު -/3،470 ރުފިޔާ

 

އެހެނިހެން ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް މަހަކު -/1،000 ރުފިޔާ 

- އިތުރުގަޑީގެ ފައިސާ: މި މަޤާމުގެ މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމު ބޭނުންވާ ސެކްޝަން:

ކޯޕަރޭޓިވް އެފެއާޒް  

މަސައްކަތްކުރަންޖެހޭ ތަނާއި، ރަށް:

ލ. އަތޮޅު ކައުންސިލްގެ އިދާރާ، ލ. ފޮނަދޫ

 

 

މަޤާމުގެ ޝަރުޠުތައް:

1- ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ދާއިރާގައި އުޅެ، 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ލިޔަން ކިޔަން ދަތުމާއި، މަޤާމުގައ ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، ކަނޑުމަތީގައި ގިނައިރު އުޅެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން. ނުވަތަ؛

2- ފަޅުވެރިއެއްގެ މަޤާމަށް ބޭނުންވާ ތަމްރީނު/ ލައިސަންސް/ ހުއްދަ/ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލިޔަންކިޔަން ދަތުމާއި، މަޤާމުގައ ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، ކަނޑުމަތީގައި ގިނައިރު އުޅެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1- މި އިދާރާގެ ލާންޗުގައި ކުރާ އެންމެހައި ދަތުރުތަކުގައި ބައިވެރިވުން.

2- ލޯންޗަށް އަރުވައި ބާލަށްޖެހޭ ތަކެތި އަރުވައި ބޭލުން.

3- އޮފީހުން އަންގާ ނުވަތަ ހަމަޖައްސާގޮތެއްގެމަތިން ލޯންޗުގައި ޑިއުޓީކުރުން.

4- ލޯންޗުގައި ހުންނަ ތަކެތި ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

5- ލޯންޗުގައި ކުރަންޖެހޭ މަސައްކަތްތައް، ލާންޗު ޑުރައިވަރު އަންގާ ގޮތެއްގެ މަތިން ކުރުން.

6- ލޯންޗުގެ އެތެރެއާއި ބޭރު، މަދުވެގެން ހަފުތާއަކު އެއްފަހަރު ދޮވެ ސާފުކޮށް، ފެހިކަހައި، ލޯންޗުގެ ސީޓްތަކާއި ހޮޅިތަކާއި ޕޮލިސް ކުރަންޖެހޭ ތަންތަނާއި ތަކެތި ސާފުކުރުން.

 

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީން.

- ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

އިންޓަވިއު ކުރުމާއި،  އިމްތިޙާންކުރުން:

ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން، މި މަޤާމަށް އެދުނު ފަރާތްތަކަށް އެންގޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފުކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
  5. މުއްދަތު ހަމަނުވާ ލައިސަންސް ކާޑު ނުވަތަ ލައިސަންސް ފޮތުގެ ސާފުކޮޕީ.
  6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ އެ އިދާރާގެ ރަސްމީ ލިޔުމެއް.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި:

2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މިއިދާރާއަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6800713 ނަންބަރު ފޯނާއެވެ. 

4 ރަމަޟާން 1437
09 ޖޫން 2016