ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2016/53
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 29 ޖޫން 2016 12:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު

އެކްސްޕަރޓް ލެކްޗަރަރ (ގްރޭޑް 2)

ކްލެސިފިކޭޝަން

ޑިރެކްޓަރ ޖެނެރަލް

ރޭންކް

 EX-5

ސަރވިސް

ސީނިއަރ ސިވިލްސަރވިސް

ސެކްޝަން

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް

މުސާރަ

މަހަކު -/13,890 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/3,500 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

1 (އެކެއް)

ތަޢްލީމާއި ތަޖްރިބާ

  1. ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ރިސަރޗް އެންޑް އިނޮވޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ރިސަރޗް އެންޑް އިނޮވޭޝަން ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ،

  2. ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ރިސަރޗް އެންޑް އިނޮވޭޝަން ނުވަތަ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ރިސަރޗް އެންޑް އިނޮވޭޝަން ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ،

  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ރިސަރޗް އެންޑް އިނޮވޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

  • ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓިީ ސްޓަޑީޒުން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުން.

  • ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް ހިންގާ ކޯސްތަކާބެހޭ މޮޑިއުލްތަކާއި ކޯސް އައުޓްލައިންތަަކާއި އެހެނިހެން މެޓީރިއަލް ތައްޔާރުކުރުން. 

  • ޚިދުމަތުގައި ތިއްބަވާ ސިފައިންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ އެ ތަމްރީނުތައް ރާވައި ހިންގުން. 

  • ކޮލެޖުން ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް ހަދަންޖެހޭ ރިސަރޗް ހެދުން. 

  • ކިޔަވައިދެއްވާ އެކި މޮޑިއުލްތަކުގެ އިމްތިޙާން ޕޭޕަރު ތައްޔާރުކުރުމާއި މާކްކުރުމާއި އެސެސްކުރުމާއި އިންވިޖިލޭޓްކުރުން.

  • ކޮލެޖްގެ ޕްރޮގްރާމްތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި ރާއްޖެއިން ބޭރުގެ ކޮލެޖް / ޔުނިވަރސިޓިތަކާ ގުޅިގެން ކުރެވެންހުރި ކަންތައްތައް ދެނެގަނެ އެ ކަންތައްތައް ވިލަރެސްކުރުން. 

  • ކޮލެޖުން ހިންގަން ބޭނުންވާ ހަރަކާތްތަކާބެހޭ ވަރކްޕްލޭން ތައްޔާރުކުރުމާއި ކަމާގުޅޭ ފަރާތްތަކުގެ ލަފާގެމަތިން އަހަރީ ޕްލޭން އެކުލަވައިލުން.

  • ކޮލެޖުން ހިންގާ ހަރަކާތްތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ވަޒީފާގެ މަސައްކަތާގުޅުންހުރި އެހެނިހެން ފަންނީ ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

މަޤާމު

ސީނިއަރ ލެކްޗަރަރ (ގްރޭޑް 3)

ކްލެސިފިކޭޝަން

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ރޭންކް

 EX-3

ސަރވިސް

ސީނިއަރ ސިވިލް ސަރވިސް

ސެކްޝަން

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް

މުސާރަ

މަހަކު -/11,065 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/3,500 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

1 (އެކެއް)

ތަޢްލީމާއި ތަޖްރިބާ

  1. ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ރިސަރޗް އެންޑް އިނޮވޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ރިސަރޗް އެންޑް އިނޮވޭޝަން ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ،

  2. ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ރިސަރޗް އެންޑް އިނޮވޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ރިސަރޗް އެންޑް އިނޮވޭޝަން ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ،

  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ރިސަރޗް އެންޑް އިނޮވޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ރިސަރޗް އެންޑް އިނޮވޭޝަން ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ،

  4. ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ރިސަރޗް އެންޑް އިނޮވޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

  • ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒުން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުން.

  • ކިޔަވައިދޭ މޮޑިއުލްތަކުގެ ކޯސް އައުޓްލައިންތަަކާއި އެހެނިހެން މެޓީރިއަލް ތައްޔާރުކުރުން.

  • ކިޔަވައިދޭ މޮޑިއުލްތަކުގެ އިމްތިޙާން ތައްޔާރުކުރުމާއި މާކްކުރުމާއި އެސެސްކުރުމާއި އިންވިޖިލޭޓް ކުރުން.

  • ކޮލެޖުން ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް ހަދަންޖެހޭ ރިސާޗް ހެދުން. 

  • ކިޔަވައިދެއްވާ މޮޑިއުލް ކޯޑިނޭޓްކުރުން.

  • ކޮލެޖްގެ ޕްރޮގްރާމްތައް ހަރުދަނާކުރުމަށް ބޭއްވޭ ތަފާތު ޕްރޮގްރާމުތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

  • ޓިއުޓޯރިއަލްތަކާއި ޢަމަލީ ކްލާސްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ރާވާހިންގުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

2016 ޖޫން 29 ވާ ބުދަ ދުވަހުގެ ދުވަހު 12.00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ބަންޑާރަކޮށި/ އަމީރުއަޙްމަދު މަގު) އަށް

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ).

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް އޮތް، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.

4- ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ).

5- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6- ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންގެންދާ މުވައްޒަފެއްނަމަ، މި މިނިސްޓްރީގެ ވަޒީފާއަށް ބަދަލުވުމާމެދު ވަޒީފާއަދާކުރާ އޮފީހުގެ އިއުތިރާޒް ނުކުރާކަމުގެ ސިޓީ.

7- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް. (ޚިދުމަތްކުރި މުއްދަތު އެނގޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ

- މަސައްކަތު އަޚުލާޤު

- މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ގާބިލުކަމާއި ސިފަތައް.

އިންޓަވިއު ކުރުން

މި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 12 ޖުލައި 2016 އިން ފެށިގެން މި މިނިސްޓްރީގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެ މީހަކަށް އަންގާނަމެވެ.

ނޯޓު: މި ވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢްލީމީ ފެންވަރަށާއި ތަޖްރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އަދި އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ.

މަސައްކަތްކުރަންޖެހޭ ތަން

މި މަޤާމުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ އެމް.އެން.ޑީ.އެފްގެ ޓްރޭނިންގ ސެންޓަރުތަކުގައެވެ.  

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3342967، 3313724 ނަންބަރު ފޯނާއެވެ.

04 ރަމަޟާން 1437

09 ޖޫން 2016