ވަޒީފާގެ ފުރުޞަތު
ނަންބަރު: 116-JI/IL/2016/40
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 20 ޖޫން 2016 13:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް އޮފިސަރ، ކްލިއަރެންސް
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޑިއުޓީ ފްރީ

ޝަރުޠު:

  • މަޤާމުގެ ދާއިރާއިން މަދުވެގެން 02 އަހަރުދުވަހު މަސައްކަތްކޮށް، ޢަމަލީ ތަޖުރިބާ ލިބިފައިވުން.
  • މާލޭ ޕޯޓް އަދި އެއަރކާގޯގައި ކަސްޓަމްސްގެ ގަވާއިދާ އެއްގޮތަށް މުދާ ކްލިއަރކުރަން އެނގުން.
  • ކަސްޓަމްސް ޑޮކުމެންޓޭޝަން އަދި ކަސްޓަމްސް ޓެރިފް ކޯޑްސް އެނގުން.
  • ފަރިތަކަމާއެކު އެމްއެސް އޮފީސް އަދި އިނގިރޭސިބަހުން ވާހަކަދައްކައި އަދި ލިޔަން ކިޔަން އެނގުން.
  • ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެއަރ އަދި ސީ ކާގޯގެ ޑޮކިއުމެންޓޭޝަނގެ އެންމެހާ ކަންކަމާއި އަދި ކަސްޓަމަސް ކްލިއަރެންސްގެ އެންމެހާ ކަންކަންކުރުން
  • އެއަރ އަދި ސީ ޝިޕްމަންޓްގެ ކަސްޓަމްސް ޑިކްލަރޭޝަން ފޯމު ތައްޔާރު ކުރުމާއި އަދި ޑެމެރޭޖް ވުމުގެކުރިން ކްލިއަރ ކުރުން
  • ފޯވާޑިންގ އަދި ކްލިއަރިން އޭޖެންޓާ ގުޅިގެން ޝިޕްމަންޓް ކްލިއަރ ކުރުން
މަޤާމް :އެސިސްޓެންޓް އޮފިސަރ، ކޭޝް
ބޭނުންވާ އަދަދު :4

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޑިއުޓީ ފްރީ

ޝަރުޠު:

  • ޖީ.ސީ އޯ ލެވަލް 02 މާއްދާ އިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ ކޭޝް ދާއިރާގައި މަދުވެގެން 01 އަހަރުދުވަހު މަސައްކަތްކޮށްފައިވުން
  • މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަންހުރުން
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭ، ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން
  • ރަޝިއަން، ޖާރމަން، މަންޑަރިން ނުވަތަ ކޮރިއަން ބަސް ދަންނަ މީހުންނަށް އިސްކަންދެވޭނެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކޭޝް ކައުންޓަރަށް އަންނަ ކަސްޓަމަރުންނަށް ހިނިތުންވުމާއެކު މުޢާމަލާތްކުރުން
  • ކޭޝް ނުވަތަ ކްރެޑިޓްކާޑު ނުވަތަ އެނޫންވެސް ކާޑަކުން މުދަލުގެ އަގު ނަގާއިރު ކުންފުނީގެ އެސް.އޯ.ޕީ އާ އެއްގޮތްވާ ގޮތުގެ މަތިން ޓްރާންސެކްޝަންތައް ހެދުން
މަޤާމް :އެސިސްޓެންޓް އޮފިސަރ، ސޭލްސް
ބޭނުންވާ އަދަދު :10

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޑިއުޓީ ފްރީ

ޝަރުޠު:

  • ޖީ.ސީ އޯ ލެވަލް 02 މާއްދާ އިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ ސޭލްސް ދާއިރާގައި މަދުވެގެން 01 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.
  • މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަންހުރުން.
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭ، ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން.
  • ރަޝިއަން، ޖާރމަން، މަންޑަރިން ނުވަތަ ކޮރިއަން ބަސް ދަންނަ މީހުންނަށް އިސްކަންދެވޭނެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ފިހާރައަށް ވަންނަ ކަސްޓަމަރުންނަށް ހިނިތުންވުމާއެކު މުޢާމަލާތްކުރުން
  • މަސައްކަތްކުރާ ފިހާރައިގައި ވިއްކާ މުދާ ރިޕްލެނިޝްކުރުމާއި އަދި ރިޕްލެނިޝް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަންކުރުން
  • ފިހާރައިގެ ސޭލްސް އިތުރުކުރުމަށްޓަކައި ކަސްޓަމަރުންނަށް މުދާ ވިއްކުމަށް މަސައްކަތްކުރުމާއި އަދި ކަސްޓަމަރުން އެދޭފަދަ ޚިދުމަތެއް ދިނުން
  • މުދާ ވިއްކުމުގައި ކުންފުނީގެ އެސް.އޯ.ޕީ އާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލު ކުރުމާއެކު، ދެވޭ ޚިދުމަތަކީ ލަގްޒަރީ ފިހާރައަކުން ލިބޭފަދަ ޚިދުމަތެއް ކަމުގައި ހެދުމަށް މަސައްކަތްކުރުން
މަޤާމް :ސުޕަވައިޒަރ، ސޭލްސް
ބޭނުންވާ އަދަދު :5

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޑިއުޓީ ފްރީ

ޝަރުޠު:

  • ޖީ.ސީ އޭ ލެވަލް 02 މާއްދާ އިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ މަޤާމުގެ ދާއިރާއިންއަކުން މަދުވެގެން 01 އަހަރުދުވަހު މަސައްކަތްކޮށްފައިވުން
  • މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަންހުރުން
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭ، ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ގުޅިގެން މަަސައްކަތްކޮށް ނަތީޖާ ނެރެވޭ ރަނގަޅު ޓީމެއް އެކުލަވާލުން
  • ޑިއުޓީ ފްރީގެ ސޭލްސް ޓީމަކީ ލަގްޒަރީ ފިހާރައަކުން ދޭފަދަ ފެންވަރު ރަނގަޅު ޚިދުމަތެއް ދެވޭފަދަ ބަޔަކަށް ހެދުން
  • ސޭލްސް ޓާގެޓަށް ވާސިލްވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމާއި ސްޓޯ އޮޕަރޭޝަންގެ އެންމެހާ ކަންކަން މޮނީޓަރ ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:  

- ވަޒީފާއަށް އެދޭ ސިޓީ

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެޓެސްޓްް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެއޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ޕާސްޕޯޓްސައިޒުގެ ޕޮޓޯ

- މުއްދަތު ހަމަނުވާ ޕޮލިސްރިޕޯޓުގެ ކޮޕީ

ކުރިމަތިލުމުގެ ސުންގަޑި: 20 ޖޫން 2016 ވަނަ ދުވަހުގެ 13:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޑިއުޓީ ފްރީ އޮފީސް، 02 ވަނަ ފަންގިފިލާ، SSQ 2

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް

ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –  3337346

ނޯޓް: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

09 ޖޫން 2016