ދިވެހިރާއްޖެ
އިޢުލާން
މެޝިނަރީ ގަތުމަށް ބޭނުންވެއްޖެ
މިމިނިސްޓްރީގެ ނަންބަރު (IUL)22-PU/1/2016/114 އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ލޮޓް 1, 2, 4, 5 ގައިވާ މެޝީނަރީއަށް 3 ފަރާތް ކޮލިފައިވެފައިނުވާތީ، މިތަކެތި ގަތުމަށް އަލުން އިޢުލާން ކުރީމެވެ.
20 ލެޕްޓޮޕް
10 ފޮޓޯކޮޕީމެޝިން (30cpm)
10 މަލްޓިމީޑިއާ ޕްރޮޖެކްޓަރ
10 ސައުންޑް ސިސްޓަމް
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 ޖޫން 16 ވަނަ ދުވަހުގެ 11:00 އަށް |
2016 ޖޫން 21 ވަނަ ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.