ކުއްޔަށް ދިނުން
ނަންބަރު: (IUL)412/412/2016/48
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 20 ޖޫން 2016 11:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ބިން ކުއްޔަށް ދޫކުރުން

އިޢުލާން


ކޮނޑޭ ބަނދަރު ސަރަޙައްދުން ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުން:

ކޮނޑޭ ބަނދަރު ސަރަޙައްދުން ތެޔޮވިއްކުމަށް 10 އަހަރުދުވަހުގެ މުއްދަތަށް 3 ބިން ކުއްޔަށް ދިނުމަށް ކުރެވުނު ނަންބަރު (IUL)412/412/2016/44 އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 20 ވަނަ ދުވަހުގެ 11:00 އަށް ކޮނޑޭ ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 29 ވަނަ ދުވަހުގެ 11:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ބިމުގެ މަޢުލޫމާތު:-

#

ބިން އޮތް ސަރަޙައްދު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ބިމުގެ އަދަދު

ދޫކުރެވޭ އެންމެ ކުޑަކުލި

1

ގއ. ކޮނޑޭ ބަނދަރުގެ އުތުރު ސަރަޙައްދު

ތެޔޮވިއްކާ

2000 އަކަފޫޓު

01

އަކަފޫޓަކަށް މަހަކު 65/- ލާރި

2

ގއ. ކޮނޑޭ ބަނދަރުގެ ދެކުނު ސަރަޙައްދު

ތެޔޮވިއްކާ

1600 އަކަފޫޓް

02

އަކަފޫޓަކަށް މަހަކު 65/- ލާރި

ބިން ތަރައްޤީކުރުން:

ބިން ލިބިއްޖެނަމަ، އެ ބިން ތަރައްޤީކޮށް ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ބިން ކުއްޔަށް ހިފާ ފަރާތުން، އިޖުތިމާޢީގޮތުން ކޮށްދޭނެ ކަންތައްތައް:

ބިން ކުއްޔަށް ހިފާ ފަރާތުން ރަށުގެ އިޖުތިމާޢީކަންކަމަށް އަހަރަކު ކުރާނެ ކަންކަން ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.   

ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:

ބިން ކުއްޔަށް ހިފާ ފަރާތުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް

ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ޕްރޮޕޯޒަލް ހުށަހަޅާނަމަ، ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ، އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މާކުސް ދެވޭގޮތުގެ ތަފުސީލު:

މާކުސް ދެވޭނެ ކްރައިޓީރިއާ

މާކުސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހުކުއްޔަށް

% 50

  • ހުށަހަޅާ މަހު ކުއްޔަށް ދެވޭ މާކުސް  
  • މި މާކުސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކު ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ ގޮތަށް  

% 20

  • ބިން ތަރައްޤީކުރުމަށް ހުށަހަޅާ ގޮތަށް ދެވޭ މާކުސް
  • މި މާކުސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ރަނގަޅު، ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

% 30

  • އިޖުތިމާޢީ ކަންކަމަށް ކުރާ ހޭދައަށް ދެވޭ މާކުސް    
  • މި މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިޖުތިމާޢީ ކަންކަމަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަދަދަކީ ބެންޗްމާކު ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

03 ރަމަޟާން 1437

08 ޖޫން 2016