ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/2016/53
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 16 ޖޫން 2016 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގޔުނިޓް ދޫކުރުމާބެހޭ

އިޢުލާން

ހައުސިންގޔުނިޓް ދޫކުރުމާބެހޭ

ހދ. ހަނިމާދޫގައި ޢިމާރާތްކޮށް ނިމިފައިވާ 100 ހައުސިންގޔުނިޓްގެ ތެރެއިން ހަނިމާދޫގެ ރައްޔިތުންނަށް ހުޅުވާލެވުނު 30 ހައުސިންގޔުނިޓަށް ކުރިމަތިލެއްވި 107 ފަރާތުގެ ތެރެއިން ޝަރުޠު ފުރިހަމަވެ 49 ޕޮއިންޓުން ފެށިގެން މަތި ލިބިފައިވާ 32 ފަރާތުގެ ތެރޭގައި ހިމެނޭ 3 ދެމަފިރިންގެ ތެރެއިން ކޮންމެ ދެމަފިރިޔަކަށް 1 ހައުސިންގޔުނިޓް ދިނުމަށާއި، 49 ޕޮއިންޓުން ފެށިގެން މަތި ލިބިފައިވުމުގެ ސަބަބުން ހޮވުނު 29 ފަރާތަށް ހައުސިންގޔުނިޓް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. 47 ޕޮއިންޓް ލިބިފައިވާ 5 ފަރާތަކީ 30 ހައުސިންގޔުނިޓްގެ ތެރެއިން 29 ހައުސިންގޔުނިޓް އުނިކުރުމަށްފަހު ބާކީވާ 1 ހައުސިންގޔުނިޓް ލިބޭ ފަރާތް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުމަށް ހޮވިފައިވާ 5 ފަރާތުން ހައުސިންގޔުނިޓް ލިބޭ ފަރާތް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން 16 ޖޫން 2016 ވަނަ ދުވަހުގެ 11:00 ގައި ހަނިމާދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ. އަދި ދަންނަވަމެވެ. 47 ޕޮއިންޓް ލިބިގެން ގުރުއަތަށްގޮސް ގުރުއަތުން ހޮވޭ އެއްފަރާތް އުނިކޮށް 4 ފަރާތް ވެއިޓް ލިސްޓު ކުރެވޭނެއެވެ. 30 ހައުސިންގ ޔުނިޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ސަބަބަކާހުރެ އެއްވެސް ފަރާތަކުން ހައުސިންގޔުނިޓް ދޫކޮށްލައިފިނަމަ، ނުވަތަ އެއިން ފަރާތެއްގެ ކިބައިން ހައުސިންގޔުނިޓް ކެންސަލްވެއްޖެނަމަ، އެފަރާތުގެ ބަދަލުގައި ހައުސިންގޔުނިޓް ލިބޭނީ 47 ޕޮއިންޓް ލިބިފައިވާ ގުރުއަތަށް ނުހޮވުނު 4 ފަރާތުގެ މެދުގައި ނެގިފައިވާ ތަރުތީބުންކަމުގައި އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

08 ޖޫން 2016