ކުއްޔަށް ދިނުން
ނަންބަރު: (IUL)412/412/2016/49
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 20 ޖޫން 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އިޢުލާން

 

ނަންބަރު: (IUL)412/412/2016/49

 

ކޮނޑޭ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން:

     ކޮނޑޭ ބަނދަރު ސަރަހައްދުން އާއްމުވިޔަފާރިއަށް 10 އަހަރު ދުވަހުގެ މުއްދަތައް 12 ބިންކުއްޔަށް ދިނުމަށް ކުރެވުނު ނަންބަރު (IUL)412/412/2016/45  އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

     ވީމާ، މިބިން ތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2016 ޖޫން 20 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 29 ވަނަ ދުވަހުގެ 11:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ބިމުގެ މަޢުލޫމާތު:-

#

ބިންއޮތް ސަރަހައްދު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ބިމުގެ އަދަދު

ދޫކުރެވޭ އެންމެ ކުޑަކުލި

1

   ގއ.ކޮނޑޭ ބަނދަރު ސަރަހައްދު

ހޮޓާ ކެފޭ

1200 އަކަފޫޓު

02

އަކަފޫޓަކަށް މަހަކު 40 ލާރި

2

           "

ހާޑުވެއަރ

1200 އަކަފޫޓް

02

އަކަފޫޓަކަށް މަހަކު 40 ލާރި

3

           "

ސުވެނިއަރ

1200 އަކަފޫޓް

02

އަކަފޫޓަކަށް މަހަކު 40 ލާރި  

4

           "

އާއްމުތަކެތި

1200 އަކަފޫޓް

04

އަކަފޫޓަކަށް މަހަކު 40 ލާރި

5

           "

އެހެނިހެން

1200 އަކަފޫޓް

02

އަކަފޫޓަކަށް މަހަކު 40 ލާރި

       
       
       
       

 

ބިން ތަރައްޤީކުރުން

     ބިން ލިބިއްޖެނަމަ އެބިންތަރައްޤީކޮށް ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ބިން ކުއްޔަށް ހިފާ ފަރާތަކުން އިޖުތިމާޢީ ގޮތުން ކޮށްދޭނެ ކަންތައް:-

         ބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް ކުރާނެ ކަންކަން ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.   

 

 

 ބިން ކުއްޔަށް ހިފު މަށް ހުށަހަޅާ ކުލި:-

         ބިން ކުއްޔަށް ހިފާ ފަރާތަކުން ހުށަހަޅާ އެއްމެ ބޮޑުކުލި ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

  

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

     ބިންކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލް

ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހުކުއްޔަށް

%50

  • ހުށަހަޅާ މަހު ކުއްޔަށް ދެވޭ މާކްސް  
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކުސް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ ގޮތައް

%20

  • ބިން ތަރައްޤީކުރުމަށް ހުށަހަޅާގޮތައް ދެވޭ މާކުސް
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ބިންތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކުސް ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ރަނގަޅު ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

%30

  • އިޖުތިމާޢީ ކަންކަމަށް ދެވޭ ޢިނާޔަތު    
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިޖުތިމާޢީ ކަންކަމަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަދަދަކީ ބެންޗްމާކުސް ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

 

03 I 1437

08 ޖޫން 2016