މަސައްކަތް
ނަންބަރު: (IUL)13-K1/13/2016/100
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 27 ޖޫން 2016 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ވެސްޓް ކޯސްޓް ވޯޓަރ ފްރަންޓް މިކްސްޑް ޑިވެލޮޕްމަންޓް މަޝްރޫޢާބެހޭ

 

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ވެސްޓް ކޯސްޓް ވޯޓަރ ފްރަންޓް މިކްސްޑް ޑިވެލޮޕްމަންޓް މަޝްރޫޢާބެހޭ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ބޭނުމަށް މާލޭގެ 399 ނަންބަރު ކޮށީގައި 6512.17 އަކަމީޓަރުގެ ބިމެއްގައި މިސްކްޑް ޔޫސް ޑިވެލޮޕްމަންޓް ފެސިލިޓީއެއް ގްރައުންޑް ލީސް އުސޫލުން ޤާއިމުކޮށް ހިންގާނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)13-K1/13/2016/72 އިޢުލާނަށް ރަޖިސްޓަރީވުމުގެ ފުރުޞަތު 2016 ޖޫން 26 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފީމެވެ. އަދި، މިފަދަ ޕްރޮޖެކްޓަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު ހުޅުވާލަމެވެ. 

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓަރީކުރުމުގެ ފުރުޞަތު 2016 ޖޫން 26 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ. މި މަސައްކަތުގެ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރ.އެފް.ޕީ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާއިޢުކުރެވިފައި ވާނެއެވެ. އަދި މި މަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން އުފެދޭ ސުވާލުތައް ލިޔުމަކުން ތިރީގައި ދެންނެވިފައިވާ އެޑްރެސް ނުވަތަ އީމެއިލް އެޑްރެސްއަށް 2016 ޖޫން 19 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ފޮނުއްވުން އެދެމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ޖޫން 27 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީއަށް  "ޕްރޮޕޯސަލް" ހުށަހެޅުއްވުން އެދެމެވެ.

އަޙުމަދު މުޖުތަބާ

ޑިރެކްޓަރ ޖެނެރަލް

ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ،ދިވެހިރާއްޖެ،

ޓެލެފޯން:3349191 ،3349266،

ފެކްސް:3320706 ،3324432،

އީމެއިލް:[email protected]

[email protected]

    

 

ޖޫން 9، 2016

09 ޖޫން 2016