މަސައްކަތް
ނަންބަރު: (IUL)138-PS1/138/2016/64
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި: 26 ޖޫން 2016 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އުސްގެކޮޅު، ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާއެއްގެ ގޮތުގައި ހިންގުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް

އިޢުލާން

އުސްގެކޮޅު "ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާ" އެއްގެ ގޮތުގައި ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން "ރިކުއެސްޓް ފޯރ ޕްރޮޕޯސަލް" (އާރ.އެފް.ޕީ) އެއް 14 ޖޫން 2016 އިން ފެށިގެން 20 ޖޫން 2016 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން 13:30 އާ ދެމެދުގެ ވަގުތުތަކުގައި، މި މިނިސްޓްރީން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 2016 ޖޫން 26 ދުވަހުގެ 13:00 ގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ޕްރޮޕޮސަލްގެ ސޮފްޓް ކޮޕީއެއް އީމެއިލް ކުރައްވަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި އުސްގެކޮޅު "ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާ" ގޮތުގައި ތަރައްޤީކޮށް ހިންގުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކުގެ ނަންތައް އަދި އަގުތައް ހިމެނޭ މަޢުލުމާތު ޝީޓެއް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް އީމެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

04 ރަމަޟާން 1437

09 ޖޫން 2016