ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ޑިރެކްޓަރ - ސޭލްސް |
|||
މުސާރައާއި އެލަވަންސް: |
މަހަކު -/21،300 ރުފިޔާ |
||
މަޤާމުގެ ރޭންކް: |
EX 3 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަސައްކަތް ކުރަންޖެހޭ ތަން: |
ޕަބްލިކް ސަރވިސް މީޑިއާ |
ޑިޕާޓްމަންޓް: |
ސޭލްސް |
މަޤާމުގެ ޝަރުޠު: |
މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް އޮތުމާއެކު، މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީއެއް އޮތުމާއެކު، މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މިޑްލް މެނޭޖްމަންޓުގެ މަޤާމެއްގައި 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
||
މަޤާމުގެ މަސްއޫލިއްޔަތު: |
ކުންފުނީގެ ސޭލްސް ޑިޕާޓްމަންޓުގެ މަސައްކަތް އިސްވެ ހިންގައި، ބަލަހައްޓައި، އިންތިޒާމްކުރުން. |
||
މި މަޤާމަށް މީހުން ހޮވުމުގައި ބަލާނެ އިތުރު ކަންކަން: |
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދޭކަމުގެ ސިޓީ. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. - ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް. |
||
އިންޓަވިއު: |
މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ. |
||
ސުންގަޑި: |
މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖޫން 22 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިއުންތައް ހުށަހެޅުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު ހޯދުން: |
މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
2 ރަމަޟާން 1437