ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ސްކޫލުގެ ގޯތިތެރޭގައި ޑީ.ޕީ.އީގެ މިންގަނޑަށް ސެކިއުރިޓީރޫމެއް ޢިމާރާތްކުރުމަށް ކުރި ނަންބަރު:GS-109/IUL/2016/42 (03 މޭ 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.
# |
ޕްރޮޖެކްޓުގެ ނަން |
01 |
ސެކިއުރިޓީރޫމެއް ޢިމާރާތްކުރުން ( ޑީ.ޕީ.އީގެ މިންގަނޑުތަކަށް ) |
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑިއަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތުދިނުމުގެ ބައްދަލުވުން |
ބިޑް ހުޅުވާ ބައްދަލުވުން |
2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 11:00 |
2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 11:00 |
ބިޑްތަކަށް ޕޮއިންޓުދޭނެގޮތުގެ ތަފުސީލު:
އަގަށް: 80 ޕޮއިންޓް
މާލީ ޤާބިލުކަން: 05 ޕޮއިންޓް
ތަޖުރިބާ: 05 ޕޮއިންޓް
މުއްދަތު: 10 ޕޮއިންޓް
ކުންފުނި އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާނަމަ އެބޭފުޅަކު ތަމުސީލުކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް، ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.