ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އައި.ޖީ.އެމް. ހޮސްޕިޓަލުގައި ފާޚާނާ ބަރިތަކެއް ހަދައިދިނުން
އައި.ޖީ.އެމް. ހޮސްޕިޓަލުގައި ޕަބްލިކް ފާޚާނާ ބަރިތަކެއް ހެދުމަށް 5 މޭ 2016 ކޮށްފައިވާ ނަންބަަރު 137-IU/PR/2016/82 އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީ އަގުތައް މި ހޮސްޕިޓަލުން އަންދާޒާކުރާ އަގަށްވުރެ ބޮޑުކަމަށް ފާހަގަކުރެވޭތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
1- މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/35،000 (ތިރީސްފަސްހާސް) ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 118 (ސަތޭކަ އަށާރަ) ދުވަހެވެ. ޕާޕޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓުގެ އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
2- މަޢުލޫމާތު ދިނުން އޮންނާނީ 2016 ޖޫން 15 ވާ ބުދަަ ދުވަހު 12:00 ކޮންފަރެންސް ހޯލުގައެވެ. ޕްރީބިޑް މީޓީންގަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
3- ބީލަން ހުށަހެޅުން އޮންނާނީ 2016 ޖޫން 19 ވާ އާދީއްތަ ދުވަހު 11:30 އައި.ޖީ.އެމް އެޗް ކޮންފަރެންސް ހޯލުގައެވެ.
4 ރަމަޟާން 1437