ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/175
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 16 ޖޫން 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ (ބިޒްނަސް މެނޭޖްމަންޓް)

މަޤާމް :ލެކްޗަރަރ / އެސޯސިއޭޓް ލެކްޗަރަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 12,687/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5,437/50 ރުފިޔާ

އޮފީސް:

އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް (ހދ. ކުޅުދުއްފުށި)

ގްރޭޑް:

7

ދާއިރާ:

ބިޒްނަސް މެނޭޖްމަންޓް

ސްޕައިން ޕޮއިންޓް

40

މަޤާމުގެ ޝަރުޠު:

އެމް.ކިއު.އޭ. ގެ ލެވެލް 7 ގެ ސަނަދާއި، ލެވެލް 9 ގެ ސަނަދެއް، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

ލެކްޗަރަރގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރ (ސްޕައިން ޕޮއިންޓް 37) ގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

އެސޯސިއޭޓް ލެކްޗަރަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 11,374.40 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 4,874.74 ރުފިޔާ

އޮފީސް:

އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް (ހދ.ކުޅުދުއްފުށި)

ގްރޭޑް:

6

ދާއިރާ

ބިޒްނަސް މެނޭޖްމަންޓް

ސްޕައިން ޕޮއިންޓް:

37

މަޤާމުގެ ޝަރުޠު:

އެމް.ކިއު.އޭގެ ލެވެލް 7 ގެ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކިޔަވައިދޭ ފިލާވަޅުތައް ފެކަލްޓީން ހަމަޖައްސަވާފައިވާ ފޯމެޓަށް ތައްޔާރުކުރުން.
  • ހަފުތާއަކު މަދުވެގެން ފަނަރަ ގަޑިއިރު ކިލާސްތަކުގައި ކިޔަވައިދިނުން.
  • ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.
  • ކޯސްތަކާއި މާއްދާތައް ކޯޑިނޭޓްކުރުން.
  • އާ މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މަޤާމުތައް އިޞްލާޙުކުރުން.
  • ސެމިސްޓަރ ފެށުމުގެ ކުރިން ދަރިވަރުންނަށް ސަބްޖެކްޓުގެ އައުޓްލައިން ތައްޔާރުކުރުން.
  • ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް އަޕްޑޭޓްކުރުން.
  • މާއްދާތަކުގެ އިމްތިޙާން ކަރުދާސް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އެގްޒޭމް ކޯޑިނޭޓަރާ ހަވާލުކުރުން.
  • އިމްތިޙާނަށްފަހު ހަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށްފައި އެގްޒޭމް ކޯޑިނޭޓަރާ ހަވާލުކުރުން.
  • ލެކްޗަރތަކާއި، ޓިއުޓޯރިއަލްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ފަދަ ކަންކަން ރާވައި ހިންގުން.
  • މާއްދާ ނުވަތަ ކޯސް ކޯޑިނޭޓްކުރުމުގެ ޒިންމާ ހަވާލުކުރެވިއްޖެނަމަ، އެ ދާއިރާތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވައި ހިންގުމާއި، ކިޔަވައިދެވޭ ފެންވަރު ބެލުމާއި، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދެވޭނެގޮތް ހަމަޖެއްސުން.
  • ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކާއި މާއްދާތަކުގެ ޕެނަލްތައް ފަދަ އެކިއެކި ބައްދަލުވުންތަކާއި އެފަދަ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެ، ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން.
  • ފެކަލްޓީގެ ކަންކަން ރަނގަޅުކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްކުރުން.
  • ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން، ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް، އެކުވެރިކަމާއެކު ޕްރޮފެޝަނަލްކޮށް  މަސައްކަތްކުރުން.
  • އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް، އެ ދިރާސާތައް ޝާއިޢުކުރުމަށް މަސައްކަތްކުރުން.
  • މިނޫނަސް މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރާ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރީގައިމިވާ ވެބްސައިޓުގެ ލިންކުން މި ފޯމު ޑައުންލޯޑް ކުރެވެންސް ހުންނާނެއެވެ.)

ލިންކު: http://mnu.edu.mv/images/downloads/Job%20Application.pdf

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

 

ނޯޓު:

- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރަރ އޮފީހުގެ ލިޔުމެކެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:   

2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމު އްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

- އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޮނުވާނެ އީމެއިލަކީ، [email protected] އެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.

4 ރަމަޟާން 1437

09 ޖޫން 2016