ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-PDU/1/2016/71
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 29 ޖޫން 2016 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު ޕްރޮޖެކްޓް ކޯޑިނޭޓަރ (ޕީ.ސީ)

ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮޖެކްޓް ކޯޑިނޭޓަރ (ޕީ.ސީ)  

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ "ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" މަޝްރޫޢު މަސައްކަތް ކޯޑިނޭޓްކޮށް މެނޭޖްކުރާނެ ޕްރޮޖެކްޓް ކޯޑިނޭޓަރެއް ހޯދަން ބޭނުންވެއެވެ.

ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސްއޫލިއްޔަތު:

ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ޕްރޮޖެކްޓުގެ އެކިއެކި މަސައްކަތްތައް ޑޯނަރ އެޖެންސީގެ އިރުޝާދުނާމާއާ އެއްގޮތްވާގޮތުގެމަތިން ރާވައި، ޕްރޮޖެކްޓް ޓީމާއި ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ހިންގައި، މަސައްކަތްތައް މޮނިޓަރކުރުމާއި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.

ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތައް:

(ހ) މަސައްކަތާ ގުޅޭ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުން.

(ށ) މަދުވެގެން 5 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، 3 އަހަރުދުވަހު  ކޮންސްޓްރަކްޝަން މަސައްކަތުގެ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވުމާއި، މިފަދަ ޕްރޮޖެކްޓެއްގައި އަދާކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި މެނޭޖްމަންޓާއި ސުޕަވިޜަން މަސައްކަތްތައް ހިމެނުން.

(ނ) ބައިނަލްއަޤަވާމީ އެހީދޭ ޖަމްޢިއްޔާގެ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ރ) ފެނާއި ނަރުދަމާގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމުގައި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ބ) ޕްރޮކިއުމަންޓުގެ އުޞޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ޅ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން؛ 

(ކ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.

(އ) މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ، ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

އުޖޫރަ:

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި -/30,000 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ، 24 (ސައުވީސް) މަސްދުވަހެވެ. ނަމަވެސް، މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު 1 (އެކެއް) އަހަރުދުވަހަށް އިތުރުކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް:

މަތީގައި ބަޔާންވެފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވައިލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެގޮތުން؛ ދާއިރާއިން  ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތާއި، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި، ހުނަރާއި، އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖޫން 29 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓްސް

އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯން:   453-3018-960+

ފެކްސް: 301-3018-960+

އީމެއިލް: [email protected]

އިތުރު މަޢުލޫމާތު:

- މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އެޑްރެހަށް އީމެއިލް ކުރެން އެދެމެވެ. ނުވަތަ 3018453 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

29 ޝަޢުބާން 1437

09 ޖޫން 2016